logo
Bank of Maldives

Bank of Maldives

ކުޅިވަރު

2025 ފީފާ އަރަބް ކަޕް: ޖޯޑަން ބަލިކޮށް މޮރޮކޯ އިން ތަށި އުފުލާލައިފި

އަބްދުﷲ ޣާނިމް
19 ޑިސެމްބަރު 2025 - 06:07
2025 ފީފާ އަރަބް ކަޕް: ޖޯޑަން ބަލިކޮށް މޮރޮކޯ އިން ތަށި އުފުލާލައިފި

ފީފާ އަރަބް ކަޕްގެ ފައިނަލްގައި ޖޯޑަން ބަލިކޮށް މޮރޮކޯއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ރޭ ބޭއްވި މި ފޯރިގަދަ މެޗު އިތުރު ވަގުތަށް ދިގުދެމިގެން ދިޔައިރު، މޮރޮކޯ އިން ވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ސްޓޭޑިއަމަކީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުވެސް ކުޅުނު ތަނެވެ.

މިއީ މޮރޮކޯގެ ގައުމީ ފުޓްބޯޅަ ޓީމަށް އަރަބް ކަޕްގެ ތަށި ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވަނީ 2012 ވަނަ އަހަރު މި ތަށި ހޯދާފައެވެ. އަރަބް ކަޕް ފައިނަލްގައި ޖޯޑަން ކުޅުނު މިއީ ފުރަތަމަ ފަހަރެވެ. ޖޯޑަން ވަނީ ސެމީ ފައިނަލުގައި ދެ ފަހަރުގެ ޗެމްޕިއަން ސައުދީ އަރަބިއްޔާ ބަލިކޮށް ހައިރާންކުރުވަނިވި ކާމިޔާބީއެއް ހޯދާފައެވެ. މޮރޮކޯ އިން ފައިނަލަށް ދަތުރުކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ބަލިކުރުމަށް ފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ތެރޭގައި މޮރޮކޯގެ ކުޅުންތެރިން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި މޮރޮކޯ ނިމުނުއިރު، އެ ޓީމުން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ، ޖުމްލަ 7 ޕޮއިންޓް ހޯދާފައެވެ. މުބާރާތުގެ ތެރޭގައި މޮރޮކޯ ބައިކޮޅަށް ގޯލެއް ވަދެފައިވަނީ ހަމައެކަނި އެއް ފަހަރުއެވެ. އެއީ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގެ ފުރަތަމަ ގަޑިއިރުގެ ތެރޭގައި ވެސް ވަދެފައިވާ އޯން ގޯލެކެވެ.

ފައިނަލްމެޗު ފަށައިގެން 4 ވަނަ މިނެޓުގައި މޮރޮކޯގެ އެޓޭކިން މިޑްފީލްޑަރު އުއްސާމާ ތަނާނޭ ވަނީ އޭނާގެ އަމިއްލަ ހާފްގެ ތެރެއިން ވެސް ގޯލެއް ޖަހައި، އެޓީމަށް އަވަސް ލީޑެއް ހޯދައިދީފައެވެ. ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅު ޖޯޑަންގެ ފޯވާޑް ޢަލީ އޮލްވާން ވަނީ ކޯނަރަކުން ރަނގަޅަށް މަސައްކަތްކޮށް، ގޯލުގެ ކައިރިން ބޮލުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މީގެ އިތުރުން، މެޗުގެ 68 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން އޮލްވާން ވަނީ އިތުރު ގޯލެއް ޖަހައި، ޖޯޑަން އަށް 2-1 ގެ ލީޑެއް ހޯދައިދީފައެވެ.

ޖޯޑަން 2-1 އިން ކުރީގައި އޮއްވައި، މޮރޮކޯގެ ބަދަލު ކުޅުންތެރިޔާ ޢަބްދުއްރައްޒާޤް ހަމްދަﷲ ވަނީ 87 ވަނަ މިނެޓުގައި ކޯނަރަކުން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައި ނަތީޖާ ހަމަހަމަކޮށް، މެޗު އިތުރު ވަގުތަށް ގެންގޮސްފައެވެ. މެޗުގެ ކްލައިމެކްސް އައީ އިތުރު ވަގުތުގެ 100 ވަނަ މިނެޓުގައެވެ. ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް-ޝަބާބަށް ކުޅޭ ހަމްދަﷲ ވަނީ ޖޯޑަންގެ ގޯލެއް ކެންސަލް ކުރުމަށްފަހު، ހަމްދަﷲ ލިބުނު ރީބައުންޑަކުން ގޯލު ޖަހައި މޮރޮކޯ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.

މޮރޮކޯ އާއި ޖޯޑަން ވެސް ވަނީ 2026 ވަނަ އަހަރުގެ ފީފާ ފުޓްބޯޅަ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. މީގެ އިތުރުން އަންނަ އާދިއްތަދުވަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފެވަރިޓް ޓީމަކީ މޮރޮކޯއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ފީފާ އަރަބް ކަޕް: ޖޯޑަން ބަލިކޮށް މޮރޮކޯ އިން ތަށި އުފުލާލައިފިކުޅިވަރު | 2 ގަޑިއިރު ކުރިންސަޕޯޓަރުންގެ ޕްރެޝަރާހެދި ފީފާއިން ވޯލްޑްކަޕްގެ ޓިކެޓްތައް ބޮޑުތަނުން އަގުހެޔޮކޮށްފިކުޅިވަރު | 2 ދުވަސް ކުރިންފީފާ އަރަބް ކަޕް ފައިނަލަށް މޮރޮކޯ އާއި ޖޯޑަންކުޅިވަރު | 3 ދުވަސް ކުރިންފީފާގެ ސުލްހައިގެ އެވޯޑް އެމެރިކާގެ ރައީސް ޓްރަމްޕް އަށް ދީފިދުނިޔެ | 13 ދުވަސް ކުރިން