މިސްކިތުގައި ހިލޭ އިސްލާމް ޓިއުޝަން ދިނުމަށް މިނިސްޓަރ ޝަހީމްގެ ޚިޔާލެއް!
19 ޑިސެމްބަރު 2025 - 12:01

ރާއްޖޭގެ މިސްކިތްތަކުގައި ދަރިވަރުންނަށް ހިލޭ އިސްލާމް ޓިއުޝަން ދޭން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ މިއަދު ޚިޔާލު ދެއްވައިފިއެވެ.
މިނިސްޓަރ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގްރޭޑު އަށެއް، ނުވައެއް، 10، 11 އަދި 12 ގެ ފޮތްތަކުން ހަފުތާކު ދެ ދުވަހު، އިލްމީ ޓީޗަރުން މެދުވެރިކޮށް ހިލޭ ޓިއުޝަން ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކިހިނެތް ވާނެތޯ ސުވާލުކުރައްވާފައެވެ.

Ad by Hajj Corporation
ބޭނުން ކުއްޖަކަށް ހާޒިރުވެވޭހެން އެ ކުލާސްތައް އިންތިޒާމުކުރުމަށާއި އެ ޚިޔާލު ހުށަހެޅުއްވީ، އިސްލާމް މާއްދާއާ މެދު ދެކެވޭ ވާހަކަތަކަށް ވިސްނަވާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މި ކަމުގައި އެހެން މީހުންގެ ޚިޔާލަކީ ކޮބައިތޯ އައްސަވަފާއެވެ.
އެ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ މީހުން ވަނީ މިނިސްޓަރގެ ޚިޔާލަށް ތާއިދުކޮށްފައެވެ.އެހެންނަމަވެސް ބައެއް މީހުން ވަނީ އެކަން ކުރާނީ ކިހިނެއްތޯއާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެތޯ ސުވާލުކޮށްފައެވެ.
ދަރިވަރުންނަށް ޓިއުޝަން ދިނުމަށް ބެލެނިވެރިން މަހަކަށް ބޮޑު ޚަރަދެއް ކުރެއެވެ. އެހެންކަމުން މިފަދަ ކަމެއް ފެށުމަކީ އެ ޚަރަދު ސަލާމަތްވާނެ ކަމެއް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.


