logo
Bank of Maldives

Bank of Maldives

ޚަބަރު

އުމްރާގެ ހިދުމަތް އެންމެ ފުރިހަމައަށްދޭ ގްރޫޕުތަކުގެ އަގު ވަޒަންކޮށް، ހަނދާނީ ލިޔުން ދީފި

އިސްމާޢިލް ރާތިޢު
11 ޑިސެމްބަރު 2025 - 11:05
ފޮޓޯ: މީޤާތު ޙައްޖު އެންޑް ޢުމްރާ
ފޮޓޯ: މީޤާތު ޙައްޖު އެންޑް ޢުމްރާ

ހައްޖު އަދި އުމްރާގެ ހިދުމަތް ހަރުދަނާކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މި ހިދުމަތް އެންމެ ފުރިހަމައަށް ދެމުން އަންނަ ގްރޫޕުތަކުގެ އަގު ވަޒަންކޮށް، ހަނދާނީ ލިޔުން ދީފިއެވެ.

ހައްޖު-އުމްރާ ކޮންފަރެންސްގެ ދެވަނަ އަދަދު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މި ގްރޫޕްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އެގޮތުން މި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ލިބިފައިވާ ކުންފުނި ތަކަކީ:

Ad by Hajj Corporation

Ad by Hajj Corporation

  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
  • އަލް މަނާސިކު
  • މީޤާތު ޙައްޖު އެންޑް ޢުމްރާ
  • ޤުބާ ޙައްޖު
  • އަލް ބުރޫޖް

meegath 1.jpg

ފޮޓޯ: މީޤާތު ޙައްޖު އެންޑް ޢުމްރާ

 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ބައެއް ގްރޫޕުތަކުން އިދާރީ ކަންކަން އެންމެ ރަނގަޅަށް ކުރިއަށްނުގެންދިޔުމުގެ ސަބަބުން އޭގެ ތަކުލީފު ޢުމްރާވެރިން އުފުލަންޖެހޭކަން ފާހަގަކުރައްވާފައެވެ. މިހެންވުމުން ފަހުވަގުތު އެމައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަންޖެހޭކަމަށާއި، އެކަމަށް ބޮޑު ޚަރަދެއް ޙައްޖު ކޯޕަރޭޝަނުން ކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ހައްޖުގެ ވާހަކަ ދައްކާއިރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ ރާއްޖެއަށް ލިބޭ ކޯޓާގެ ވާހަކައިގައި ކަމަށެވެ. މިކަމާ ގުޅުވާ ވަޒީރު ވިދާޅުވީ ސަޢުދީ ޢަރަބިޔާއިން، އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރުކޮށްދެއްވާނަމަ، ރާއްޖެއަށްވެސް އެކަން ކޮށްދެއްވާނެ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް، ޙަރަމްފުޅު ކައިރީ އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ކުރަމުން އަންނާތީ ކޯޓާ އިތުރުކުރަން ސަޢުދީ ސަރުކާރުން އަދި ނިންމަވާފައި ނުވާކަމަށެވެ.

ޙައްޖުގެ ކަންކަން އިތުރަށް ފަހިކުރުމަށާއި އެދާއިރާއިން މީހުން ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން އަލް ޞަފްވާ ފައުންޑޭޝަނާއެކުވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. ޙައްޖު ޢުމްރާ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސަޢުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޞަފްވާ ފައުންޑޭޝަންގެ ޗެއަރމަން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސާއެކު ކުރިއަށް އޮތްތަނުގައި ޙައްޖު އަދި ޢުމްރާގެ ޚިދުމަތްތައް އިތުރަށް ފަސޭހަ ވެގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާގެ ހިދުމަތް އެންމެ ފުރިހަމައަށްދޭ ގްރޫޕުތަކުގެ އަގު ވަޒަންކޮށް، ހަނދާނީ ލިޔުން ދީފިޚަބަރު | 2 ދުވަސް ކުރިންޒަކާތު ބެނެފިޝަރީ ކާޑެއް ތައާރަފުކުރަނީ ޚަބަރު | 6 ދުވަސް ކުރިންފާއިތުވި 2 އަހަރު، އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްކުރިން: ވަޒީރު ޑރ. ޝަހީމްޚަބަރު | 8 ދުވަސް ކުރިންޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ ހަރުދަނާ ފިޔަވަޅެއް: ޝަހީމް ޚަބަރު | 10 ދުވަސް ކުރިން