logo
Bank of Maldives

Bank of Maldives

ޚަބަރު

މިރައީސް ތޯތޯއެއް ނުވާނެ، ވައުދު ފުއްދަވައި، 4000 ފްލެޓްގެ ކުއްޔާއި ޑިޕޮސިޓަށް ލުޔެއް!

ޒިދާން މުޙައްމަދު
19 ޑިސެމްބަރު 2025 - 12:10
މިރައީސް ތޯތޯއެއް ނުވާނެ، ވައުދު ފުއްދަވައި، 4000 ފްލެޓްގެ ކުއްޔާއި ޑިޕޮސިޓަށް ލުޔެއް!

ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ 4000 ފްލެޓްތައް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުމަށް ރިއާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެން ވައުދާ އެއްގޮތަށް ކުއްޔާއި ޑިޕޮސިޓަށް ލުއި ލިބޭ ގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ.

ސޯޝަލްހައުސިން މަޝްރޫއުތައް ހިންގަން ގާއިމުކޮށްފައިވާ ކުންފުނި - އެފްޑީސީން ހުޅުމާލޭ 2ގައި ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކުން ޑިޕޮސިޓާއި ކުލީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާކުރެއްވުމުން، އަގުތަކަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

އެފްޑީސީގެ އަމާން ދޯދި އަދި އަމާން އުދަރެސްގެ ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓުތަކަށް ޑިޕޮސިޓްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ 25،000 ރުފިޔާއެވެ. އަދި ކުލީގެ ގޮތުގައި ކޮންމެ މަހަކު 10،500 ރުފިޔާ ދައްކަން ޖެހެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހޭއިރު މަހު ކުލީގެ ގޮތުގައި 8،000 ރުފިޔާ ދައްކަންޖެހެއެވެ.

މި އަގުތަކަކީ އާންމު ރައްޔިތަކަށް ދައްކަން ދަތި އަގުތަކެއް ކަމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ކުލި 10،000 ރުފިޔާއަށް އަދި ދެ ކޮޓަރި ލިބުނު ފަރާތްތަކުގެ ކުލި 7،000 ރުފިޔާއަށް ކުޑަކުރައްވާނެކަމަށެވެ.

ރައީސްގެ އެ ވައުދު ފުއްދަވައި ތަންފީޒުކުރުމަށް މިހާރު އެ ފްލެޓުތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިވާކަން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވަނީ އިއުލާންކުރައްވާފައެވެ. އެގޮތުން، ރައީސް ވިދާޅުވިގޮތަށް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ބަދަލު ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި އަމާން އުދަރެސް އަދި އަމާން ދޯދިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ތިން ކޮޓަރި ލިބުނު ފަރާތްތައް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ކޮޓަރި ލިބުނު ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއާ އެކު ޖުމްލަ 7000 ރުފިޔާ ދައްކަންޖެހޭއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6،000 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިރައީސް ތޯތޯއެއް ނުވާނެ، ވައުދު ފުއްދަވައި، 4000 ފްލެޓްގެ ކުއްޔާއި ޑިޕޮސިޓަށް ލުޔެއް!ޚަބަރު | 2 ގަޑިއިރު ކުރިންމި ރައީސް ތަފާތު، ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ އެކު 6 ގަޑިއިރުޚަބަރު | 10 ގަޑިއިރު ކުރިންހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދޭނަން: ރައީސްޚަބަރު | 10 ގަޑިއިރު ކުރިންހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދެނީޚަބަރު | 18 ގަޑިއިރު ކުރިން