logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އިންތިޚާބަށް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް

އައިޝަތު ނަޝާ
20 ޑިސެމްބަރު 2025 - 12:50
މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބާއްވަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ކުރުމަށް ކޮންމެ އިންތިޚާބަކާއި ގުޅިގެން ވަގުތީ މުވައްޒަފުން ނަގައެވެ. 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އެކި ދާއިރާތަކުން ބޭނުންވާ މުވައްޒަފުން ނެގުމަށް މިމަހުގެ 10 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެކޮމިޝަނުން ކުރި އިއުލާނުގައި 172 މުވައްޒަފަކު އެކި ދައިރާތަކުން ނެގުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

މި އިންޓިވިއުތައް ކުރިއަށް ދާނީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ރޭގަނޑު 10:30 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ. ކޮމިޝަނުން ބުނިގޮތުގައި ވޯކް-އިން އިންޓަރވިއުއަށް ޙާޟިރުވާއިރު އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓްގެ އިތުރުން ސީވީގެ ކޮޕީ ގެނައުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމު ހުށަހެމާއި ވަގުތުން އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ.

މި މަގާމުތަކަށް ހޮވޭ މީހުން މަސައްކަތް ކުރާނީ ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ނިމުމާ ހަމައަށެވެ. ކޮންޓްރެކްޓް އުސޫލުން ނަގާ މި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުގެ އިތުރުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. އިލެކްޝަންސް އިން މިމަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންތިޙާބުގައި މަސައްކަތް ކުރާނެ މުވައްޒަފުން ނެގުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާއިރު، މިދިޔަ އޯގަސްޓް މަހުވެސް މުވައްޒަފުން ހޯދުމަށް ވޯކްއިން އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރިލް 4ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބައް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ޚަބަރު | 3 ގަޑިއިރު ކުރިންކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގެ ދާއިރާތައް ކަނޑައެޅުމާ ބެހޭ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 11 ދުވަސް ކުރިންޖެނުއަރީން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭނެޚަބަރު | 13 ދުވަސް ކުރިންދައުލަތުން ފައިސާ ލިބޭ ޕާޓީތަކުގެ އަދަދު ހަތަރަކަށް!ޚަބަރު | 14 ދުވަސް ކުރިން