logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުން ފައިސާ ލިބޭ ޕާޓީތަކުގެ އަދަދު ހަތަރަކަށް!

އައިޝަތު ނަޝާ
6 ޑިސެމްބަރު 2025 - 11:16
ދައުލަތުން ފައިސާ ލިބޭ ޕާޓީތަކުގެ އަދަދު ހަތަރަކަށް!

އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށްދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ 4 ސިޔާސީ ޕާޓީއަކަށްކަން ހާމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން އަންނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަސްކަމުގައިވާ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 10000 މެންބަރުން ހަމަވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ - ޖޭޕީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް - އެމްޑީއޭގެ އިތުރުން ސަރުކާރު ހިންގާ ޕީޕަލަސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީގައެވެ.

މިއަހަރުގެ ބަޖެޓުން ފައިސާ ދޫކުރީ ފަސް ސިޔާސީ ޕާޓީއަކަށެވެ. މީގެ ތެރެއިން ޤާނޫނުގައި ބުނާ އަދަދަށް މެންބަރުންގެ އަދަދު ހަމަނުވުމުން އަންނަ އަހަރު ބަޖެޓުން ފައިސާ ލިބޭ ލިސްޓުން އުނިވާނީ އަދާލަތު ޕާޓީ - އޭޕީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންނަ އަހަރަށް ލަފާކޮށް ފާާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ އިތުރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އެވެ.

އެންމެ ގިނަ އަދަދެއްގެ މެންބަރުން ތިބި ޕާޓީއެއްގެ ގޮތުން މިއަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ދޫކުރީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކަށްވެސް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރާނެއެވެ. އެއަދަދަށް ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުން ފައިސާ ލިބޭ ޕާޓީތަކުގެ އަދަދު ހަތަރަކަށް!ޚަބަރު | ގަޑިއިރެއް ކުރިންދައުލަތުން ފައިސާ ލިބޭ ލިސްޓުން ފުރަތަމަ ފަހަރަށް އަދާލަތު ޕާޓީ އުނިވެއްޖެޚަބަރު | 5 ގަޑިއިރު ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ އެޕްރީލް 4 ގައި ޚަބަރު | 2 ދުވަސް ކުރިންލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް އޮފިޝަލުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 19 ދުވަސް ކުރިން