logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލު އިންތިހާބުގެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަފްރާޙް
28 ފެބްރުއަރީ 2026 - 15:24
ކައުންސިލު އިންތިހާބުގެ  ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާކަމަށެވެ. މި މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމެވެ.

މަންދޫބުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތައް:

Ad by Hajj Corporation

Ad by Hajj Corporation

• 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން.
• ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން.
• ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކަށް ނުވުން.
• ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުން.
• އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން.

އިންތިޚާބުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ހިފެހެއްޓުމުގެ ގޮތުން ވަކި ދާއިރާތަކެއްގައި މަސައްކަތްކުރާ ފަރާތްތަކަށް މަންދޫބަކަށްވުމުގެ ފުރުޞަތު ނޯންނާނެކަމަށާއި އޭގެ ތެރޭގައި ފަނޑިޔާރުން، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ވެރިން، ދިވެހި ފުލުހުން އަދި ސިފައިން ހިމެނޭކަމަށް އީސީ އިން ބުނެއެވެ. އަދި އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނާ ހަވާލުވެގެން ހުރި މީހަކަށް ނުވަތަ އިންތިޚާބުގައި އިތުރު މަޤާމަކަށް ކުރިމަތިލާފައިވާ މީހަކަށް ވެސް މަންދޫބަކަށް ނުވެވޭނެކަމަށް ވަނީ ބުނެފައެވެ.

މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް ބޯލަނބަންޖެހޭ ފަރާތްތައް ކަމަށްވާއިރު، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވުމަކީ މަންދޫބަކަށް ވުމަށް ލާޒިމްކުރާ ކަމެކެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރަށްވާ ގޮތުގައި ، މި އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. މި މަސައްކަތް ކުރިއަށްގެންދާނީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކެންޑިޑޭޓުން އަމިއްލައަށެވެ.

ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ 3004432 ނުވަތަ 3004433 ނަންބަރަށް ގުޅުއްވުމުން ލިބިލައްވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލު އިންތިހާބުގެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންމޮނިޓަރުންނާ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު މިއަދު ހަމަވަނީޚަބަރު | 12 ގަޑިއިރު ކުރިންޕީއެންސީގެ ތަރާވީސް މާދަމާރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެޚަބަރު | 3 ދުވަސް ކުރިންރާއްޖޭގައި މިހާރު އިިދިކޮޅު ޕާޓީއެއް ނެތް, އެމްޑީޕީގެ ތާއީދު ރާއްޖޭގައި ދަށަށް ގޮސްފި: ފަލާހުޚަބަރު | 4 ދުވަސް ކުރިން