logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި މިހާރު އިިދިކޮޅު ޕާޓީއެއް ނެތް, އެމްޑީޕީގެ ތާއީދު ރާއްޖޭގައި ދަށަށް ގޮސްފި: ފަލާހު

މުޙައްމަދު އަފްރާޙް
24 ފެބްރުއަރީ 2026 - 06:28
ރާއްޖޭގައި މިހާރު އިިދިކޮޅު ޕާޓީއެއް ނެތް, އެމްޑީޕީގެ ތާއީދު ރާއްޖޭގައި ދަށަށް ގޮސްފި: ފަލާހު

ރާއްޖޭގައި މިހާރު ”އިިދިކޮޅު ޕާޓީއެއް ނެތް“ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުން ވެސް އެކަން ސާބިތުވެފައިވާ ކަމަށް ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕް ލީޑަރު އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ގދ. ތިނަދު އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެމްޑީޕީން އެ އިންތިހާބުގެ 450 ގޮނޑިއަކަށް ވާދަ ނުކުރާކަން ފަލާހު ފާހަގަ ކުރެއްވިއެވެ. އަދި 1،352 ގޮނޑީގެ ތެރެއިން 450 ގޮނޑިއަށް އެމްޑީޕީން ވާދަނުކުރަނީ ”ކެންޑިޑޭޓުން ނުލިބިގެން“ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ހަގީގަތަށް ވިސްނައިފިނަމަ، އިދިކޮޅު ޕާޓީއެއް މިހާރު ނެތް ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ކެންޑިޑެސީ ހުށަހެޅި އަދަދަށް ބަލައިލުމުން އެކަން އެނގޭ ކަމަށެވެ. އަދި އިދިކޮޅު އެންމެބޮޑު ޕާޓީކަމަށް ބުނާ އެމްޑީޕީން ވާދަނުކުރާ 450 ގޮނޑި އެބައޮތް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

މިއީ އަޅުގަނޑުމެން ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށާއި 1352 ގޮނޑީގެ ތެރެއިން 450 ގޮނޑިއަށް އެމްޑީޕީން ވާދަނުކުރަނީ އެ ގޮނޑިތަކަށް ވާދަކުރާނެ ކެންޑިޑޭޓުން ނުލިބިގެން ކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެެވެ. އެހެންކަމުން އެއީި ޕަސެންޓޭޖުން ބަލާނަމަ، 30 ޕަސެންޓު ގޮނޑިއަށް އެމްޑީޕީން ވާދަ ނުކުރާކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެމްޑީޕީގެ ތާއީދު ރާއްޖޭގައި ދަށަށް ގޮސްފައިވާ މިންވަރު ހާމަވާކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

”މިހާރު ވެސް ބަލިވެއްޖެ ނޫންތޯ؟ އެއީ ޕަސެންޓަށް ބަލައިފިއްޔާ ގާތްގަނޑަކަށް ތިރީހަކަށް ޕަސެންޓު ގޮނޑިއަށް ވާދަނުކޮށް އެމްޑީޕީން މި އޮތީ“ ފަލާހު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިޚަބަރު | ގަޑިއިރެއް ކުރިން''ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ''ޚަބަރު | ގަޑިއިރެއް ކުރިންރެފްރެންޑަމް ގެ ވޯޓަކީ ސަރުކާރަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓެއް ނޫން! އޮޅުވާލަން ނޫޅޭ : މެމްބަރު ފަލާހްޚަބަރު | 4 ގަޑިއިރު ކުރިންޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިން