ޕީއެންސީގެ ތަރާވީސް މާދަމާރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެ
25 ފެބްރުއަރީ 2026 - 18:45

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އިން ބާއްވާ ތަރާވީސް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ޕީއެންސީ އިން ބުނީ މި ތަރާވީސް އޮންނާނީ މާދަމާ ރޭ 9:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ. އަދި އެ ޕާޓީން ވަނީ ހުރިހާ މެންބަރުންނަށާއި ޕާޓީއަށް ތާޢީދު ކުރާ ހުރިހާ ރައްޔިތުންނަށް މި ތަރާވީހަށް ދައުވަތު ދީފައެވެ.

Ad by Hajj Corporation
މީގެއިތުރުން މި ހާއްސަ ތަރާވީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ބުނެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކޮންގްރެސް ޕާޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ޕާޓީގެ ސަރަަހައްދީ ކެމްޕެއިން ހަފްލާތައް ލޯންޗުކޮށް، ޕާޓީގެ ޖަހަގަތައް ވަނީ ހުޅުވާފައެވެ. އަދި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ކޮންމެ ދުވަހަކު އަންނަނީ ބާއްވަމުންނެވެ.


