logo
Bank of Maldives

Bank of Maldives

ޚަބަރު

ކުވައިތާއެކުއޮތް ގުޅުމަކީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމް

މުޙައްމަދު އަފްރާޙް
25 ފެބްރުއަރީ 2026 - 11:50
ކުވައިތާއެކުއޮތް ގުޅުމަކީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި، ކުވައިތުގެ އަމީރު ހިޒް ހައިނަސް ޝައިޚް މެޝާލް އަލްއަޙްމަދު އަލްޖާބިރު އަލްސަބާޙްއަށާއި، ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލްސަބާޙްއަށް، މަރުޙަބާ ވިދާޅުވެ، ތަހުނިޔާ ފޮނުއްވައިފިއެވެ.

ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުމަކީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިން މި ގުޅުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ ދެމެހެއްޓެނިވި ލާބައާއި ތަނަވަސްކަމަށް މަންފާކުރަނިވި ގޮތެއްގައި، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކުވައިތުގެ ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ.

މި ދެ މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުވައިތު ފަންޑް ފޯ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ލިބެމުންދާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ފުރުސަތުތަކެއް އޮތްކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކުވައިތުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބުރުވަރީ 25 ވަނަ ދުވަހެވެ. އަދި އެ ޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުވަރީ 26 ވަނަ ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުވައިތާއެކުއޮތް ގުޅުމަކީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމްޚަބަރު | 2 ގަޑިއިރު ކުރިންރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 7 ގަޑިއިރު ކުރިންރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފިޚަބަރު | 21 ގަޑިއިރު ކުރިންމި ސަރުކާރު ހަވާލުވި ފަހުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކަށް ޔޫއޭއީ ސަފީރުގެ ތަޢުރީފުޚަބަރު | ދުވަހެއް ކުރިން