logo
MPL

MPL

ޚަބަރު

މި ސަރުކާރު ހަވާލުވި ފަހުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކަށް ޔޫއޭއީ ސަފީރުގެ ތަޢުރީފު

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ފެބްރުއަރީ 2026 - 08:54
މި ސަރުކާރު ހަވާލުވި ފަހުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކަށް ޔޫއޭއީ ސަފީރުގެ ތަޢުރީފު

މި ސަރުކާރު ހަވާލުވި ފަހުން ރާއްޖެއަށް ލިބެމުންދާ ފާހަގަކޮށްލެވޭ ކުރިއެރުންތަކާއި ތަރައްޤީއަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޝައިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން އަލްޝާމްސީ ތައުރީފް ކުރަށްވައިފިއެވެ.

ޔޫއޭއީ ސަފީރު މިފަދައިން ތައުރީފް ކުރެއްވީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކާއި ދެއްވި އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުން ހަރުދަނާކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫ.އޭ.އީ ސަފީރު ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއަށް ލިބެމުންދާ ފާހަގަކޮށްލެވޭ ކުރިއެރުންތަކާއި ތަރައްޤީއަށް ވަނީ ބޮޑަށް ތަޢުރީފު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީ ސަރުކާރާއެކު އޮތް ގާތް ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، ކުރިއަށް އޮތް މަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންމެ މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އަލުން ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 15 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | ދުވަހެއް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން