logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯޓުލުމަށް 26000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވި

އިސްމާޢިލް ރާތިޢު
24 ފެބްރުއަރީ 2026 - 05:44
އިންތިހާބެއްގެ ތެރެއިން
އިންތިހާބެއްގެ ތެރެއިން

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26000އަށްވުރެ ގިނަ މީހުން ރީ- ރަޖިސްޓްރީ ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓްރީވުމަށް މިމަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އަދި އެމުއްދަތު ވަނީ މިދިޔަ އާދިއްތަ ދުވަހަށް ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26454 މީހަކު ރަޖިސްޓްރީވެފައިވާކަމަށެވެ. އަދި 21 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ނަމަވެސް، ކަނޑައަޅާފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ވެފައި ނުވާތީ، އިންތިޚާބުގައި ރާއްޖެއިން ބޭރުގައި އެއްވެސް ވޯޓުފޮއްޓެއް ބެހެއްޓުމަށް ނިންމާފައެއްނުވެއެވެ.
ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ ބުރުގައި 22000 މީހުން ރީ-ރަޖިސްޓްރީވުމަށް ހުށަހެޅިކަމަށެވެ. އެހެން އިންތިޚާބުތަކާ އެއްގޮތަށް މިފަހަރު ބާއްވާ އިންތިޚާބުތަކުގައިވެސް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގެ ބޭނުން ރައްޔިތުން ހިފާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓުލުމަށް 26000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވިޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ދެ ކޮމިޝަނަކަށް މެމްބަރުން އައްޔަންކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންރައީސްގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރުން ހޮވައިގެން: ހަލީމްޚަބަރު | ދުވަހެއް ކުރިންރީ-ރެޖިސްޓްރީވުމުގެ މުއްދަތު މާދަމާ އަށް ހަމަވަނީޚަބަރު | 3 ދުވަސް ކުރިން