logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރުން ހޮވައިގެން: ހަލީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ފެބްރުއަރީ 2026 - 05:15
ރައީސްގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރުން ހޮވައިގެން: ހަލީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމާއި މާލެ ސަރަހައްދަށް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލަރުން އިންތިހާބުކޮށްގެން ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ. ހަލީމް މިހެން ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އަމާޒުކޮށް، ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހަލީމްގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކެންޑިޑޭޓުން ހޮވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރާ އިދިކޮޅު ބަޔަކު ހޮވައިގެން، މިނިސްޓްރީތަކާ ގުޅިގެން އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް، ގާނޫނުން އެކަން އެގޮތަށް ނުފެންނަ ކަމަށެވެ. "ލާމަރުކަޒީ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ބައްލަވައި ދިރާސާ ކުރެއްވިއިރު، ސަރުކާރުން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ބުނާ މާއްދާއެއް ފެނިވަޑައިނުގެންނެވި،" ހަލީމް ވިދާޅުވި އެވެ.

ހަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ ކަންކަމަށް ޑިމޮކްރަސީގެ އުސޫލުން ކައުންސިލުން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ. އަދި ގާނޫނުގައި ކައުންސިލްތަކުގެ ޒިންމާއެއްގެ ގޮތުގައި އޮތީ މިނިސްޓްރީތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަ ނިންމަވާލައްވަމުން ހަލީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މާލެ ސަރަހައްދަށް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް، އެއްބާރުލުންދޭނެ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ. މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެން، ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ވަނީ ހުޅުއްވައިދެއްވާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރުން ހޮވައިގެން: ހަލީމްޚަބަރު | 2 ގަޑިއިރު ކުރިން"ގައުމެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާއާ ނުލާ ކުރިއަށްދިއުމަކީ ދަތިކަމަކަށް ވާނެ"ޚަބަރު | 2 ދުވަސް ކުރިންފަށަން 70، ރައްޔިތުންގެ ވަރުގަދަ މެސެޖެއް!ރިޕޯޓް | 3 ދުވަސް ކުރިންރައީސް ޑރ. މުއިއްޒު، ޕީއެންސީ ކެންޑިޑޭޓުންނަށް ދޮރުންދޮރަށް ކެމްޕެއިން ފައްޓަވައިފި ޚަބަރު | 4 ދުވަސް ކުރިން