logo
Bank of Maldives

Bank of Maldives

ޚަބަރު

ޖެނުއަރީން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭނެ

އާމިނަތު ޝަފާ
7 ޑިސެމްބަރު 2025 - 10:23
ޖެނުއަރީން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭނެ

އަންނަ ޖެނުއަރީ މަހުން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދޭނަމަ މިހާރު ހުށަހަޅަންޖެހެނީ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށެވެ. އެގޮތަށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައި ވަކިކޮށްދެއެވެ.
މެންދުރަށް މައުލޫމާތުދެމުން ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވީ އަންނަ ޖެނުއަރީމަހުން ފެށިގެން ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ޕާޓީގެ ޗެއަރޕާސަނާއި، ރައީސާއި، ހަޒާންދާރާއި، ރަޖިސްޓްރާ ފަދަ މަގާމުތަކަކީ ރެކޯޑުގައި ހިމެނޭ ބަޔަކަށްވާތީ އެފަދަ ފަރާތްތަކުން ޕާޓީން ވަކިވާން އެދޭ ހާލަތުގައި ވަގުތު ނަގާނެ ކަމަށް ސަލާހު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤާނޫނަށް މިފަހުން ގެނައި އިސްލާހުގެ ދަށުން މަޖިލިސް މެންބަރުންނާއި ކައުންސިލަރުން އިންތިހާބުވާ ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީސީގެ ހުއްދަ ނެތި، ކޮމިޝަނުގައި ހުންނަ އެއްވެސް މައުލޫމާތެއް ބޭނުމެއް ނުކުރެވޭނެ!ޚަބަރު | 9 ގަޑިއިރު ކުރިންވޯޓަރސް ލިސްޓަށް 779 ޝަކުވާ ހުށަހަޅައިފިޚަބަރު | 5 ދުވަސް ކުރިންކައުންސިލް އިންތިޚާބުގެ ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިންޝަކުވާ ހުށަހެޅުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިޚަބަރު | 6 ދުވަސް ކުރިން