logo
Bank of Maldives

Bank of Maldives

ޚަބަރު

އަގުބޮޑު އިންޖީނެއް ވަގަށްނަގައި ކުޑައަގެއްގައި ބާދަނގަޑުގެ ގޮތުގައި ވިއްކާލާފައި ހުއްޓާ ހޯދާ ވެރިފަރާތާއި ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޑިސެމްބަރު 2025 - 15:18
އިންޖީނެއް ވަގަށްނަގައި ކުޑައަގެއްގައި ބާދަނގަޑުގެ ގޮތުގައި ވިއްކާލާފައި ހުއްޓާ ހޯދާ ވެރިފަރާތާއި ހަވާލުކޮށްފި

140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ވަގަށްނަގައި ކުޑަ އަގެއްގައި ބާދަނގަޑު ކިރާ ތަނަކަށް ވިއްކާލާފައި ހުއްޓާ ފުލުހުންގެ މަސައްކަތުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި އިންޖީނު ވަގަށް ނަގާފައިވަނީ ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނިގޮތުގައި، މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެސްޕޮންސް އަދި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ވަނީ މި އިންޖީނު ހޯދާފައެވެ.

ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ، މިމައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެންބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބާ ދަގަނޑު ކިރާ ތަނެއް ބަލައިފާސްކޮށްގެންނެވެ. އެތަން ބަލައިފާސްކުރިއިރު، އިންޖީނުގެ ބައެއް ބައިތައްވެސް ފެނިފައިވެއެވެ. އަދި ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ ބާ ދަނގަޑުގެ ގޮތުގައި ނުއަގުގަައި 1083 ރުފިޔާއަށް ވިއްކާލާފައިވަނިކޮށެވެ. އިންޖީނު މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މިމައްސަލަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވަނީ ވަގަށް ނަގައިގެން ވިއްކާ މުދާ ގަންނަ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާތައް ގިނަ ފަހަރަށް ހޯދާއިރު، އެތަކެތި ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ހުންނަކަން ފާހަގަކުރެވޭތީ، މިފަދަ މުދާ ގަންނަ ފަރާތްތަކުން އެ މުދަލަކީ ވިއްކާމީހާ ކިހިނެތް ހޯދި މުދާކަން ކަށަވަރުކޮށް، އެ މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމަށް ފުލުހުން އެދެއެވެ. އަދި މުދާ ގަތުމުގެ ކުރިން އެ މުދަލަކީ ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ކަށަވަރުކުރުމަކީ ގަންނަފަރާތުގެ ޒިންމާއެއްކަމަށްވާއިރު، އެފަދަ މުއާމަލާތްތައް ހިންގުމުގައި ފަރުވާކުޑަކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޅަވަޅު އަޅަމުންދާނެ ވާހަކަވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޖީނެއް ވަގަށްނަގައި ކުޑައަގެއްގައި ބާދަނގަޑުގެ ގޮތުގައި ވިއްކާލާފައި ހުއްޓާ ހޯދާ ވެރިފަރާތާއި ހަވާލުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމަހަށް ނުކުތް ދޯންޏެއް ހާލުގައި ޖެހުމުން އެހީވެއްޖެ، އަންހެނުންނާއި ކުޑަކުދިން ތިބިޚަބަރު | ދުވަހެއް ކުރިންގުޅީފަޅު ކައިރިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއް!ޚަބަރު | ދުވަހެއް ކުރިންސްކޫލް ބަންދާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިޚަބަރު | 2 ދުވަސް ކުރިން