ނިއުކާސަލް ޔުނައިޑެޑާއި ޗެލްސީ ވާދަކުރި މެޗު ހަމަހަމަ
20 ޑިސެމްބަރު 2025 - 16:46

ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. ނިއުކާސަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 20 މިނެޓްގެ ތެރޭގައި 2-0 ގެ ނަތީޖާއަކުން ފަހަތުގައި އޮތް ނަމަވެސް، ޗެލްސީން ވަނީ ހިތްވަރާއެކު ފަހަތުން އަރައި ޕޮއިންޓެއް ހޯދާފައެވެ.
މެޗުގެ ފެށުން ނިއުކާސަލް އަށް ވަރަށް ރަނގަޅުވިއެވެ. މެޗުގެ ފަށައިގެން އެންމެ 4 މިނެޓުގައި ނިކް ވޮލްޓެމޭޑް ވަނީ ރީބައުންސް ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ނިއުކާސަލް އަށް ލީޑު ނަގައިދީފައެވެ. އަދި 20 ވަނަ މިނެޓުގައި ވޮލްދެމޭޑް ވަނީ ނިއުކާސަލްގެ ލީޑު ފުޅާކޮށްފައެވެ.

Ad by Hajj Corporation
ދެވަނަ ހާފަށް ނުކުމެ ޗެލްސީން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. މެޗުގެ 49 ވަނަ މިނެޓްގައި ރީސް ޖޭމްސް ވަނީ ފްރީކިކަކުން ވަނީ ފުރަތަމަ ގޯލު ޖަހާފައެވެ. މެޗު އެއްވަރުކުރި ގޯލު ޖެހީ 66 ވަނަ މިނެޓްގައި ނިއުކާސަލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖޯއާއޯ ޕެޑްރޯ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފައެވެ.
މި ނަތީޖާއާއެކު ޗެލްސީ ވަނީ ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި އޮތްއިރު، ނިއުކާސަލް އޮތީ 11 ވަނައިގައެވެ.


