logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެޓަލާންޓާ އަތުން ބަލިވެ ޗެލްސީއަށް ޗެންޕިއަންސް ލީގުގެ ގަދަ 8 ގެ ޖާގަ ގެއްލިދާނެކަމުގެ ބިރު

އަބްދުﷲ ޣާނިމް
10 ޑިސެމްބަރު 2025 - 05:41
އެޓަލާންޓާ އަތުން ބަލިވެ ޗެލްސީއަށް ޗެންޕިއަންސް ލީގުގެ ގަދަ 8 ގެ ޖާގަ ގެއްލިދާނެކަމުގެ ބިރު

ޗެލްސީގެ ޗެމްޕިއަންސް ލީގުގެ ޓޮޕް-8ގެ އުންމީދުތަކަށް ބޮޑު ހީނަރުކަމެއް ލިބުނީ ޗާލްސް ޑި ކެޓެލެއާގެ މެޗުގެ ފަހުކޮޅުގައި ޖެހި ގޯލަކުން އެޓަލަންޓާ އިން 2-1 ގެ މޮޅެއް ހޯދުމުންނެވެ. މި ގޯލާއެކު ޗެލްސީވަނީ ޗެންޕިއަންސްލީގުގައި ކުޅުނު 6 މެޗުން 2 މެޗުގައި ބަލިވެފައެވެ.

މެޗުގެ 25 ވަނަ މިނިޓްގައި ރީސް ޖޭމްސްގެ ހުރަހަކުން ޖޯއާއޯ ޕެޑްރޯ ފޮނުވާލި ހަމަލާ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، ވީއޭއާރުން ވަނީ އެ ނިންމުން ބަދަލުކޮށް، ބްރެޒިލްގެ ކުޅުންތެރިޔާއަށް ވަނީ ގޯލު ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި އެޓަލާންޓާއިން ކުޅުން ރަނގަޅުކޮށް، މެޗުގެ 55 ވަނަ މިނިޓްގައި ޑި ކެޓެލެއާ ދިން ހުރަހަކުން ސްކަމަކާ ވަނީ ބެކް ޕޯސްޓާ ދިމާލަށް ގޮސް ބޮލުން ގޯލު ޖަހައި، ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ޑި ކެޓެލެއާ ވަނީ އެޓަލާންޓާ މޮޅުކޮށްދިން ގޯލުޖަހާފައެވެ.

ރޭގެ މޮޅާއެކު އެޓަލާންޓާ ޗެންޕިއަންސް ލީގުގައި ތާވަލުގެ ތިންވަނަ އަށް ޖެހިލާފައިވާއިރު، ޗެލްސީވަނީ 11 ވަނައަށް ވެއްޓިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީގެ އަންދްރޭ ސަންޓޯސް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެކުޅިވަރު | 3 ދުވަސް ކުރިންޗެލްސީގެ ކޯޗުކަން އެލަންސޯއަށް ހަވާލުކޮށް މިއަދު އެކަން އިޢުލާންކުރަނީކުޅިވަރު | 2 މަސް ކުރިންޗެލްސީގެ ފެއިލްވެފައިވާ ޕްރޮޖެކްޓް ނަގާ ކޮޅަށްޖެހުމަSq ޒަބީ އެލަންސޯ ގެންނަނީކުޅިވަރު | 2 މަސް ކުރިންވާދަވެރި ލިވަޕޫލާއި އެއްވަރުކޮށް ޗެލްސީިއިން ބަލިވުމުގެ ރެކޯޑް ނިމުމަކަސް ގެނެސްފިކުޅިވަރު | 2 މަސް ކުރިން