logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާތަނަށް 83 މަސާޖުޕާލާ ބަންދުކޮށްފި

އާމިނަތު ޝަފާ
21 ޑިސެމްބަރު 2025 - 15:55
މިހާތަނަށް 83 މަސާޖުޕާލާ ބަންދުކޮށްފި

13 ދުވަހުގެ ތެރޭގައި މާލޭގައި ހިންގަމުންދިޔަ 83 މަސާޖުޕާލާ ބަންދުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ރެހެންދި ސްކޫލްގެ ހޯލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބޭއްވި ޖަލްސާގައި ހެންވޭރުގައި ދިރިއުޅޭ ރައްޔިތަކުވަނީ ރާއްޖޭގައި ހިންގާ މަސާޖުޕާލާތައް ބަންދުކުރުމަށް ގޮވާލާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ ގާނޫނާ ގަވާއިދާ ހިލާފަށް އަދި ދީނީ ހަމަތަކަށް ބެލުމެއްނެތިސެލޫންތަކުގެ ނަމުގައި މަސާޖުޕާލާތައް ރާއްޖޭގައި ހިންގަމުންދާކަމަށާއި މިއީ މީގެ ކުރީގެ ހުރިހާ ސަރުކާރުތަކަކުންވެސް ވަރަށް ސީރިއަސްކަމަށް ނަގާކަމަށް ބުނެފައިވާ ކަންކަންކަމަށެެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް މިފަދަ ތަންތަން މަދުކުރެވިފައި ނުވާކަމަށާއި ދުވަހެއް ދުވަހަކަށް މިފަދަ ތަންތަން ވަނީ ގިނަކަމަށް ރައީސް ވިދާޅުވިއެވެ.

"މިވާހަކަ ގިނަ ރައްޔިތުން ފާހަގަކުރައްވާ. މި މަޝްވަރާ ބައްދަލުވުންތައް ފެށުނު ފަހުން ލިބުނު ކަންބޮޑުވުންތަކަށް ރިޔާއަތްކުރުމަށްފަހު އިތުރު ހިތްވަރެއް ލައިގެން ކަމާ ގުޅުންހުރި 3 އިދާރާއެއް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި 9 ޑިސެމްބަރުން ފެށިގެން މިއަދާ ހަަމައަށް 83 މަސާޖުޕާލާ ބަންދުކޮށްފިން". ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ ކުރިން މިފަދަ ތަންތަނަށް އިންޒާރެއް ދީފާނެކަމަށާއި ނަމަވެސް ބަންދުކޮށް މިފަހަރު އެޅިގެން މިދިޔައީ ރާއްޖޭގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ކަންބޮޑުވާ ކޮންމެކަމަކީ އެމަނިކުފާނަށްވެސް ކަންބޮޑުވާ ކަންކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ވެސް މަސާޖު ޕާލާތައް ހިންގަމުންދެއެވެ. އަދި، އެތަންތަނަށް ދޭތެރެދޭތެރެއިން ފުލުހުން ވަދެ، ހަށިވިއްކާ ކަމުގެ ތުހުމަތުގައި މީހުން ވެސް ހައްޔަރު ކުރެ އެވެ. ނަމަވެސް އެތަންތަން ބަންދުކުރެވެނީ މަދު ފަހަރަކުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޓަޔަރޑް ބޭފުޅުން މަޤާމުތަކަށް އައްޔަނުކުރާ ހިސާބުން ރިޓަޔަމެންޓް އެލަވަންސް މެދުކަނޑަނީޚަބަރު | 39 މިނިޓު ކުރިންއަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ!ޚަބަރު | ގަޑިއިރެއް ކުރިންވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން3 ހަފްތާ ނުވަނީސް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް ހުއްޓުވައިފި ޚަބަރު | 2 ގަޑިއިރު ކުރިން