3 ހަފްތާ ނުވަނީސް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް ހުއްޓުވައިފި
21 ޑިސެމްބަރު 2025 - 16:34

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އައި 56 ވިޔަފާރިއެއް ތިން ހަފްތާ ނުވަނީސް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ރެހެންދި ސްކޫލްގެ ހޯލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބިދޭސީން ނުގަވާއިދުން ހިންގަމުންދިޔަ 53 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަަމަށެވެ. އެއީ ތިން ހަފްތާ ނުވަނީސް ކަމާ ގުޅުންހުރި އިދާރާތަކުން ކުރެވުނު މަސައްކަތުން ނެރެވުނު ނަތީޖާ ކަމަށް ވިދާޅުވި އެވެ. އެ މަަސައްކަތް ހުއްޓާ ނުލައްވާ ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

Ad by Hajj Corporation
ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ ޢިލްތިމާސްކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.


