ވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ރައީސް
21 ޑިސެމްބަރު 2025 - 16:39

ވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ސިލްސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން ހުޅުމާލެ 1ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވަނީ ރައްޔިތުން ބޭނުންވާ ވާހަކަތައް ބޭނުންވާ ގޮތަކަށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އަދި ބައްދަލުވުމުގެ ތެރެއިންނާއި ވަކިންވެސް އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް ހިއްސާކުރަން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިބައްދަލުވުންތަކުގައި ކޮންމެ ރައްޔިތަކުވެސް ދައްކާ ވާހަކައަކީ ސަރުކާރުން ސަމާލުކަން ދޭނެ، މުހިންމު ވާހަކަތަކެއް ކަމަށެވެ. އެ ޚިޔާލުތަކަށް ބަލައި، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ބަދަލު ކުރުން ކަމުގައިވާނަމަ އެކަންވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ކަމެއްގެ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ހެދިފައިވާ ޤާނޫނާއި ޤަވާއިދު ބަދަލުކުރަން ކަމުގައިވަންޏާ އެކަންވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation
އެމަނިކުފާނު ވިދާޅުވީ، މަސައްކަތްކުރަނީ، އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އެރައްޔިތަކު އެދުނު ކަންތައް ކުރުން ކަމުގައިވާނަމަ އެކަމަކަށް ފުރިހަމަގޮތުގައި އިޖާބަ ދިނުމުގެ ވިސްނުމުގައި ކަމަށެވެ.
ރައީސް ވަނީ މިހާތަނަށް ބޭއްވި އެކި ބައްދަލުވުންތަކުގައި ރައްޔިތުން އަމިއްލަ ކަންބޮޑުވުންތަކާއި އަދި މާލެ ސަރަހައްދާ ގުޅިގެންހުރި އެކި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން ވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކި މަރުހަލާތަކުގައި އެކި މަސައްކަތްތައް މިހާރު ކުރެެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.


