logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިލާ އަތުން ބަލިވެ ތާވަލުގައި ލިވަޕޫލަށްވުރެ ދަށަށް ޔުނައިޓެޑް ވެއްޓިއްޖެ

އަބްދުﷲ ޣާނިމް
22 ޑިސެމްބަރު 2025 - 04:15
ވިލާ އަތުން ބަލިވެ ތާވަލުގައި ލިވަޕޫލަށްވުރެ ދަށަށް ޔުނައިޓެޑް ވެއްޓިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެ އެވެ. އެސްޓަން ވިލާގެ ވިލާ ޕާކުގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އެ ޓީމުން ވަނީ ވިލާގެ ގޯލަށް ނުރައްކާކޮށްފަ އެވެ.

މި މެޗުގައި އެސްޓަން ވިލާ އިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި މޯގަން ރޮޖާރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިލާގެ ޑިފެންޑަރ މެޓީ ކޭޝް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޔުނައިޓެޑްގެ މެތިއުސް ކޫނިޔާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގެ ކުޅުމަށް ނިކުތްއިރު ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ލިސަންދްރޯ މާޓިނޭޒް ވަނީ ކުޅެން އަރުވާފަ އެވެ. އެސްޓަން ވިލާ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި މޯގަން ރޮޖާރސް ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.

މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 17 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. މިއާއެކު އެއްވަނައިގައި އޮތް އާސެނަލް އާއި އެސްޓަން ވިލާ އާ ދެމެދުވާ ފަރަގު ވަނީ 3 ޕޮއިންޓަށް ކުޑަވެފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑަށް 17 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު އެ ޓީމު ތާވަލުގެ ހަތްވަނަ އަށް ވެއްޓިފައިވާއިރު، ޔުނައިޓެޑް އޮތީ މޮސީޒަނުގައި ދަށް ނަތީޖާތަކެއް ހޯދާފައިވާ ލިވަޕޫލަށްވުރެވެސް ފަހަތުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރޫނޯ ފެނާންޑޭޒް އަށް އަނިޔާވެ އެއްމަސްދުވަހަށް ކުޅުމާ ދުރަށްކުޅިވަރު | 2 ގަޑިއިރު ކުރިންވިލާ އަތުން ބަލިވެ ތާވަލުގައި ލިވަޕޫލަށްވުރެ ދަށަށް ޔުނައިޓެޑް ވެއްޓިއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންގޯލުފުންޏެއް ފެނިގެންދިޔަ ވާދަވެރި ޔުނައިޓެޑާއި ބޯންމައުތު ވާދަކުރިމެޗު ހަމަހަމަކުޅިވަރު | 6 ދުވަސް ކުރިންފަހުވަގުތު ވެސްޓްހޭމް އިން ޖެހި ގޯލާއެކު ޔުނައިޓެޑުގެ ގަދަ 5 ގެ ހުވަފެން ފެނަށްކުޅިވަރު | 17 ދުވަސް ކުރިން