logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބްރޫނޯ ފެނާންޑޭޒް އަށް އަނިޔާވެ އެއްމަސްދުވަހަށް ކުޅުމާ ދުރަށް

އަބްދުﷲ ޣާނިމް
22 ޑިސެމްބަރު 2025 - 04:21
ބްރޫނޯ ފެނާންޑޭޒް އަށް އަނިޔާވެ އެއްމަސްދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ގާތްގަނޑަކަށް އެއް މަސް ދުވަހު އޭނާ ކުޅުމާ ދުރަށް ދާންޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'ދަ ޓެލެގްރާފް' އިން ބުނާ ގޮތުގައި، މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެއެވެ.

ޕްރިމިއަރ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގެ ފުރަތަމަ ހާފުގައި ފެނާންޑޭސްއަށް މި އަނިޔާ ކުރިމަތިވި ނަމަވެސް، އޭނާ ވަނީ ފުރަތަމަ ހާފު ނިމެންދެން ކުޅުން ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، އަނިޔާގެ ސީރިއަސްކަމުން ހާފް-ޓައިމްގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 31 އަހަރުގެ ފެނާންޑޭސްއަކީ ޔުނައިޓެޑާ ގުޅުނު ފަހުން އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާ ކުޅުންތެރިއެއް ނޫނެވެ. މިއީ އޭނާގެ ޔުނައިޓެޑް ކެރިއަރުގައި އަނިޔާއެއްގެ ސަބަބުން ދެ ހަފުތާއަށްވުރެ ގިނަ ދުވަހު ކުޅުމާ ދުރަށް ދާންޖެހޭ ފުރަތަމަ ފަހަރެވެ.

ފެނާންޑޭސްގެ މި އަނިޔާއަކީ މިވަގުތު ގިނަ އަނިޔާތަކެއްގެ މައްސަލަ ކުރިމަތިވެފައިވާ މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު އިތުރު ހާސްކަމެކެވެ. މި ހަފުތާ ބަންދުގައި އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ކޯބީ މައިނޫއަށް ވެސް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މި ދެ މިޑްފީލްޑަރުންނަށް ވެސް ކުރިއަށް އޮތް 'ބޮކްސިން ޑޭ' ގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިއެއް ނުވެވޭނެއެވެ. މިއީ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުންދާ ޔުނައިޓެޑަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރޫނޯ ފެނާންޑޭޒް އަށް އަނިޔާވެ އެއްމަސްދުވަހަށް ކުޅުމާ ދުރަށްކުޅިވަރު | 2 ގަޑިއިރު ކުރިންވިލާ އަތުން ބަލިވެ ތާވަލުގައި ލިވަޕޫލަށްވުރެ ދަށަށް ޔުނައިޓެޑް ވެއްޓިއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންގޯލުފުންޏެއް ފެނިގެންދިޔަ ވާދަވެރި ޔުނައިޓެޑާއި ބޯންމައުތު ވާދަކުރިމެޗު ހަމަހަމަކުޅިވަރު | 6 ދުވަސް ކުރިންފަހުވަގުތު ވެސްޓްހޭމް އިން ޖެހި ގޯލާއެކު ޔުނައިޓެޑުގެ ގަދަ 5 ގެ ހުވަފެން ފެނަށްކުޅިވަރު | 17 ދުވަސް ކުރިން