އެންޑީއޭގެ ޗެއާޕާސަންކަމަށް ސިއްދީގު
22 ޑިސެމްބަރު 2025 - 05:16

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަންކަމަށް އަހުމަދު ސިއްދީގް އައްޔަންކުރައްވައިފިއެވެ.
އެންޑީއޭގެ ޗެއާޕާސަންކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ލުބްނާ ޒާހިރު ހުސައިން ފޮރިން މިނިސްޓްރީ އަށް ބަދަލުކުރެއްވުމުންނެވެ.

Ad by Hajj Corporation
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ އެންޑީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތިން ސަލާމަތްވުމަށް ހިންގާ ޕްރިވެންޝަން ޕްރޮގްރާމާއި، ފަރުވާގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ މަސައްކަތްކުރުމާއިއެކު މަސްތުވާތަކެތިން ސާފުމުޖުތަމަޢުއެއް ބިނާކުރުމެވެ.
މި ސަރުކާރުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ސްޓޭޓް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް ސިއްދީގު އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިންގެވުމުގައެވެ.


