logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ ޓަރމިނަލް 1 އިން ފަސް ލައްކަ އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފި

އިސްމާޢިލް ރާތިޢު
22 ޑިސެމްބަރު 2025 - 13:33
ވީއައިއޭގެ ޓަރމިނަލް 1 އިން ފަސް ލައްކަ އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓަރމިނަލް 1 އިން މިހާތަނަށް 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފިއެވެ.

ތާރީހީ ކުލަގަދަ ހަފްލާއަކާއެކު ވީއައިއޭގެ ޓަރމިނަލް 1 ހުޅުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ އުފަލާއެކު 26 ޖުލައި 2025 ގައެވެ. ޓަރމިނަލް ހުޅުވައިދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

15 ޑިސެމްބަރ 2025 ގެ ނިޔަލަށް ޓަރމިނަލް 1 އިން 508،008 ފަސިންޖަރުންނަށް ހިދުމަތްދީފައި ވެއެވެ. އޭގެތެރޭ ހިމެނެނީ ރާއްޖޭން ފުރި 252،340 ފަސިންޖަރުންނާއި ރާއްޖެ އައި 255،668 ފަސިންޖަރުންނެވެ.

އޭގެ އިތުރުން 21 ޑިސެންބަރު 2025 އަކީ ޓަރމިނަލް 1 އިން އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފައިވާ ދުވަހެވެ. އެގޮތުން އެދުވަހު އެކަނި 19،551 ފަސިންޖަރުންނަށް ހިދުމަތް ދީފައި ވެއެވެ. އޭގެތެރޭ ހިމެނެނީ ރާއްޖެ އައި 10،870 ފަސިންޖަރުންނާއި ރާއްޖޭން ފުރި 8،681 ފަސިންޖަރުންނެވެ.

ޓަރމިނަލް 1 އިން މިހާރު އަންނަނީ 37 އެއަރލައިނަކަށް ހިދުމަތްދެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޓަރމިނަލް 1 އިން ފަސް ލައްކަ އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފިޚަބަރު | 2 ގަޑިއިރު ކުރިންވީއައިއޭގެ ޓާމިނަލް 1 އިން އެއާ ފްރާންސް އަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 2 ދުވަސް ކުރިންވީއައިއޭގެ ޓާމިނަލް 1 އިން އައިޓީއޭ އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފިވިޔަފާރި | 2 ދުވަސް ކުރިން