logo
E-Platinum
ކުޅިވަރު

އަވައްޓެރި ފުލުހުންގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަމަށް އަލްފައުޒް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
5 އޮކްޓޯބަރު 2024 - 14:16
އަވައްޓެރި ފުލުހުންގެ ހޭންޑްބޯލް މުބާރާތުގެތެރެއިން--- ފޮޓޯ/ފ އަތޮޅު ޕޮލިސް
އަވައްޓެރި ފުލުހުންގެ ހޭންޑްބޯލް މުބާރާތުގެތެރެއިން--- ފޮޓޯ/ފ އަތޮޅު ޕޮލިސް

އަންހެނުންނަށް ޙާއަސަ ހޭންޑް ބޯލް މުބާރާތެއް ފ އަތޮޅު ނިލަންދޫގައި ބާއްވައިފިއެވެ.

މި މުބާރާތަކީ ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި 6 ޓީމްއެއް ބައިވެރިވިއެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފ އަތޮޅުގެ އަވައްޓެރި ފުލުހުންގެ ޙިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރަށްރަށުގެ ރައްޔިތުނަނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް، ކުޅުވަރު ވަސީލަތެއް ގޮތުގައި ބޭނުންކޮށްގެން ރަށްރަށުގައި އަމާންއަމާންކަމާއި، ޞުލްޙަ މަސަލަސްކޮށްދިނުމުވެ.

މި ހަރަކާތް އިންތިޒާމު ކުރުމަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު އިރު އޭގެ ތެރޭގައި ފ.ނިލަންދޫ ޑަބްލިއުޑީސީ، ފ.ނިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު،ހޭންޑްބޯލް މޯލްޑިވްސް އަދި މިނޫންވެސް އެކި ފަރާތްތަށް ވެސް ހިމެނެއެވެ.

ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިޔަނުންންނަކީ އަލްފައުޒް އަދި ރަނަރަޕް ޓީމަކީ ޓީމް އެސްޖީސީއެވެ.

މި މެޗްގެ ކުއީން އޮފްދަ މެޗްއަކަށް ހޮވިފައިވަނީ އަލްފައުޒްގެ އައިނާ ލަތީފްއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 9 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 12 ދުވަސް ކުރިންއިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޗެންޕިއަންކަން އެމްޕީއެލްއަށް، އަންހެން ވެމްކޯއަށްކުޅިވަރު | މަހެއް ކުރިންތޮއްޑޫގައި ބާއްވާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި 31 ޓީމް ވާދަކުރަނީކުޅިވަރު | މަހެއް ކުރިން