logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތޮއްޑޫގައި ބާއްވާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި 31 ޓީމް ވާދަކުރަނީ

އަބްދުﷲ ޣާނިމް
17 ޖޫން 2025 - 11:27
ފޮޓޯ: ވަރަ ނޫސް
ފޮޓޯ: ވަރަ ނޫސް

ތޮއްޑޫ ރިދަން އެކަޑަމީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި މިއަހަރު ޖުމްލަ 31 ޓީމް ބައިވެރިވެފައިވާކަމަށް އޮންލައިން ނޫހެއް ކަމަށްވާ ވަރަ ނޫހުން ރިޕޯރޓްކޮށްފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، ހަތަރު އުމުރުފުރާއަކުން ޓީމުތައް ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި 10 އަހަރުން ދަށުގެ 6 ޓީމާއި، 12 އަހަރުން ދަށުގެ 5 ޓީމާއި، 14 އަހަރުން ދަށުގެ 9 ޓީމާއި، 17 އަހަރުން ދަށުގެ 11 ޓީމް ވާދަކުރާނެއެވެ. މިއީ ރިދަން އެކަޑަމީން ރާއްޖެއަށް ހުޅުވާލައިގެން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅަ އަދި ބެޑްމިންޓަން ކުޅިވަރުތަކުގައިވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސެޕްޓެމްބަރު 21 އިން 27 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 11 އެކަޑަމީއެއް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ކ.ގާފަރު ފިއުޗާ އެކަޑަމީ، ކ.މާފުށި ނިއު ސްޓާރސް ސްޕޯޓްސް ކްލަބް، އއ.ތޮއްޑޫ ރިދަން ސްޕޯޓްސް އެކަޑަމީ އަދި ރަސްދޫ ފުޓްބޯޅަ އެކަޑަމީ ފަދަ ގިނަ އެކަޑަމީތަކެއް ހިމެނެއެވެ.

މިއަހަރުގެ މުބާރާތުގެ 17 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެހެން އުމުރުފުރާތަކުގެ ޗެމްޕިއަން ޓީމުތަކަށްވެސް އެކި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސަސް އެކަޑަމީން ކަމަށްވާއިރު، ރަނަރަޕް ޓީމަކީ ބީޖީ ސްޕޯޓްސް އެކަޑަމީއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނިޔާގައި ހުރި ޤައުމީ ފުޓްސަލް ތަރި ހާއްޕެގެ ބޭސްފަރުވާގެ ޚަރަދުތައް ސަރުކާރާއި އެފްއޭއިން ހަމަޖައްސައިދީފިކުޅިވަރު | މަހެއް ކުރިންކޮލިފައިންގެ ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ނާކާމިޔާބީކުޅިވަރު | މަހެއް ކުރިން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްަސަލް ޓީމު ފުރައިފިކުޅިވަރު | 2 މަސް ކުރިންއޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފިކުޅިވަރު | 2 މަސް ކުރިން