logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޗެންޕިއަންކަން އެމްޕީއެލްއަށް، އަންހެން ވެމްކޯއަށް

އަބްދުﷲ ޣާނިމް
4 ޖުލައި 2025 - 05:54
މުބަރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް - ފޮޓޯ: ވަންގޭމް
މުބަރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް - ފޮޓޯ: ވަންގޭމް

ހުޅުމާލޭ ބީޗް ހޭންޑްބޯލް ގްރައުންޑުގައި ކުރިއަށްގެންދިޔަ އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ފައިނަލް ކުޅެފިއެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލް އިން ކަމަށްވާއިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވެމްކޯ އިންނެވެ.

ފިރިހެން ޑިވިޝަން

Ad by Hajj Corporation

Ad by Hajj Corporation

ފިރިހެން ޑިވިޝަންގެ ފައިނަލްގައި އެމްޕީއެލްއިން ވެމްކޯ ބަލިކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް އެމްޕީއެލްއިން ކާމިޔާބުކުރީ 22-16 އިންނެވެ. ދެވަނަ ސެޓުގައި ވެމްކޯއިން ކުޅުން ރަނގަޅުކުރި ނަމަވެސް، އެ ސެޓް އެމްޕީއެލްއިން ކާމިޔާބުކޮށްފައިވަނީ 24-22 އިންނެވެ.

އަންހެން ޑިވިޝަން

އަންހެން ޑިވިޝަންގެ ފައިނަލްގައި ވެމްކޯއިން ސްޓެލްކޯ ރެކްރިއޭޝަން ކުލަބް ބަލިކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓް ވެމްކޯއިން ކާމިޔާބުކުރީ 19-4 އިން ކަމަށްވާއިރު، ވާދަވެރިކޮށް ކުރިއަށްދިޔަ ދެވަނަ ސެޓް ވެމްކޯއިން ކާމިޔާބުކޮށްފައިވަނީ 17-16 އިންނެވެ.

514925849_713494391591886_2676645479301177899_n.jpg

މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ތެރެއިން - ފޮޓޯ: ވަންގޭމް

 

މުބާރާތުގެ އެވޯޑުތައް

ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ އަހުމަދު ޝާނީޒެވެ. މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ އެމްޕީއެލްގެ ޝާނީޒް އާއި އަހުމަދު އިނާޝް އަދި ވެމްކޯގެ ރަޒުނީ މުހައްމަދު އާއި އަހުމަދު ރައުލް އައްސަދެވެ. އަންހެން ޑިވިޝަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޖުނާއެވެ.

މިއީ ވަންގޭމްއިން އިންތިޒާމުކޮށްގެން ކުޅިވަރު ވުޒާރާއާއި ހޭންޑްބޯލް މޯލްޑިވްސްގެ އެހީތެރިކަމާއެކު މާލެ ސަރަހައްދުގެ އޮފީސްތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ބީޗް ހޭންޑްބޯޅަ މުބާރާތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުގެ އެންމެ މޮޅު ހޭނޑްބޯލް ކުޅުންތެރިޔާ ޔަޝްމު ޤައުމީ ސްކޮޑުން ބާކީކުރުމާއެކު ގިނަބައެއްގެ ފާޑުކިޔުންކުޅިވަރު | 4 ދުވަސް ކުރިންހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ފިރިހެން ޓީމަށް ވަޒީރު ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިކުޅިވަރު | 7 ދުވަސް ކުރިންމެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ބާއްވަނީކުޅިވަރު | 15 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 2 މަސް ކުރިން