މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ބާއްވަނީ
2 ސެޕްޓެމްބަރު 2025 - 05:53

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅު "ދިވެހިންގެ ހޭންޑްބޯލް" އިން ބާއްވާ މި މުބާރާތަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ހޭންޑްބޯލް މުބާރާތެވެ.

Ad by Hajj Corporation
މެލޭޝިއާގެ ސައްހަ ވިސާ ލިބިފައިވާ ކޮންމެ ދިވެއްސަކަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާއިރު މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ކޮންމެ ޓީމަކަށްވެސް ހާއްސަ ކުޅުންތެރިއްގެ ގޮތުގައި މެލޭޝިއާގެ ވިސާ ނެތް ކުޅުންތެރިޔަކު ބައިވެރިކުރެވޭނެ އެވެ.
ބައިވެރިވާ ޓީމުތަކުގެ މެދުގައި ގްރޫޕް ސްޓޭޖް މެޗުތަކެއް ކުޅުމަށް ފަހު ގްރޫޕް ސްޓޭޖުން އެންމެ މޮޅު ހަތަރު ޓީމު މެދުގައި ސެމީ ފައިނަލް ކުޅުމަށްފަހު މޮޅުވާ ދެ ޓީމްގެ ދެމެދުގައިފައިނަލް ކުޅޭގޮތަށް ރާވާލާފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހާއްސަ ޓްރޮފީއެއް ލިބޭއިރު މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަންނަ އޮކްޓޯބަރު މަހުގެ ކުރިކޮޅު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތް ބާއްވާ ތަން ކަށަވަރުކުރެވުމުން ފަހުން އިއުލާން ކުރެވޭނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.
މި މުބާރާތާ ގުޅޭ އިތުރުމައުލޫމާތު އަދި މުބާރާތް ސްޕޮންސަރ ކުރުމަށް އެދޭނަމަ @dhivehingehandball އިންސްޓަގްރާމް ޕޭޖަށް މެސެޖުކުރުމުން އެ މައުލޫމާތު ސާފުވާނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލުމާތުދެއެވެ.