logo
Bank of Maldives

Bank of Maldives

ޚަބަރު

ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ: މެޓް

ޒިދާން މުޙައްމަދު
23 ޑިސެމްބަރު 2025 - 11:25
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.

އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް، މުލަ ނިމި 'ފުރަހަޅަ' މިވަނީ ފެށިފައެވެ. އިރުވައިގެން ދެވަނަ ނަކަތް ފުރަހަޅަ ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 23 އިން ޖެނުއަރީމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަހަޅަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި އުތުރުގެ ރަށްތަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އެ އޮފީހުން ބުނީ، ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ، އިރުއުތުރާއި އިރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ: މެޓްޚަބަރު | ގަޑިއިރެއް ކުރިންއައްޑޫ އެއާޕޯޓުގައި މެޓް އޮފީހުގެ އިމާރާތެއް ތަރައްގީކުރަން ވެމްކޯއަށްޚަބަރު | 5 ގަޑިއިރު ކުރިންއިރުވައިހަޅައިގެ ފުރަހަޅަ މާދަމާ ލައިގަންނާނެ!ޚަބަރު | ދުވަހެއް ކުރިންކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން އެދިއްޖެޚަބަރު | 2 ދުވަސް ކުރިން