logo
Bank of Maldives

Bank of Maldives

ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދައެއް ނުދޭނެ: މިނިސްޓަރ ޠާރިޤް

ޒިދާން މުޙައްމަދު
23 ޑިސެމްބަރު 2025 - 17:35
މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދައެއް ނުދޭނެ: މިނިސްޓަރ ޠާރިޤް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެފަދަ ކަމަކަށް ހުއްދަ ނުދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގަބޫލުކުރާ ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާ އޫރު މަސް ވިއްކުމަކީ އެއްވެސް ގޮތަކަށް ކަންތައްތައް ކުރަންވީ ގޮތެއް ނޫން ކަމަށެވެ

"އަނެއްކާ އަޅުގަނޑުމެން މިހާރުވެސް ދޭތެރެދޭތެރިން ސަފާރީތަކުން ބައެއް ރަށްތަކަށް ބަނގުރާ އެތެރެކުރާ މައްސަލަތައް ޖެހެމުންދޭ. އެކަންތައްތަކަށް ހައްލެއް ގެނައުމަށްވެސް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ކުރިއަށްގެންދާ ފަތުރުވެރިކަމަކީ "ޑްރައި ޓޫރިޒަމް" އެއްގެ ގޮތުގައި ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ލިބެން ހުރެގެން ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް މިހާރުވެސް އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ މަނާ ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދައެއް ނުދޭނެ: މިނިސްޓަރ ޠާރިޤްޚަބަރު | 2 ގަޑިއިރު ކުރިންހަލާލު ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިންބޮޑު ލުއިތަކާއެކު ބޮޑު ތިލަދުންމަތީގެ 13 ފަޅެއް ރިސޯޓް ހަދަން ބީލަމަށްޚަބަރު | މަހެއް ކުރިންއޮކްޓޯބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %10.2 އިތުރުޚަބަރު | 2 މަސް ކުރިން