logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެސީ ލައިޓް ބާދަގަނޑަށް ކިރާލުމަށްފަހު ބާސެލޯނާއަށް އަނބުރާ ފޮނުވާލަނީ

އަބްދުﷲ ޣާނިމް
24 ޑިސެމްބަރު 2025 - 06:26
މެސީ ލައިޓް ބާދަގަނޑަށް ކިރާލުމަށްފަހު ބާސެލޯނާއަށް އަނބުރާ ފޮނުވާލަނީ

ބާސެލޯނާގެ ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ މޮނާކޯއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންސޫ ފާޓީގެ ސޮއި ދާއިމަށް ޑިސްކައުންޓް އަގުގައިވެސް ސޮއިކުރަން ބޭނުންނުވެ، ބާސެލޯނާއަށް އަނބުޜާފޮނުވާލުމަށް އެކުލަބުން ނިންމައިފިކަމަށް ރިޕޯޓްތައް ނުނަންފަށައިފިއެވެ. އަންސޫ ފަޓީ އަކީ މެސީ ބާސެލޯނާ ދޫކޮށްލުމަށްފަހު، މެސީގެ މަޤާމު އަދާކުރާނެ ކުޅުންތެރިޔާކަމަށް ބާސެލޯނާގެ ގިނަބަޔަކު ޤަބޫލުކުރި ކުޅުންތެރިޔާއެވެ. އެގޮތުން މެސީ ބާސާ ދޫކޮށް ދިޔުމާއެކު މެސީގެ 10 ޖޯޒީވެސް ވަނީ ފަޓީ އާއި މީގެ ކުރިން ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް މިހާރު ފަޓީގެ ކުޅުން ދަށްވެ، ބާސެލޯނާގެ ސްކޮޑުން ޖާގަ ހޯދަން އުނދަގޫވެ ވޭތުވެދިޔަ ދެއަހަރެއްހާދުވަހު ފަޓީ ކުޅުނީ ލޯނުގެ ދަށުން އެހެންކުލަބުތަކަށެވެ.

ގަވާއިދުން ކުޅުމުގެ ފުރުސަތު ހޯދުމުގެ މަގްސަދުގައި މިދިޔަ ހޫނު މޫސުމުގައި މޮނާކޯއާ ގުޅުނު ފާޓީ، އެ ކްލަބުގައި ފެށުން ރަނގަޅު ކުރިއެވެ. އެގޮތުން ފަސް މެޗުން ހަ ގޯލު ޖަހައި، ސެޕްޓެމްބަރު މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ހޯދިއެވެ. ނަމަވެސް، އޭގެ ފަހުން ކަންތައްތައް ވަނީ ބަދަލުވާން ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޮނާކޯގެ ކޯޗު ބަދަލުވުމާއި، ފާޓީއަށް ކުރިމަތިވި އަނިޔާގެ ސަބަބުން އޭނާގެ ކުޅުމަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. ރިޕޯޓަރު ރޮމައިން މޮލީނާ އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، "މޮނާކޯއިން މިހާރު އަންސޫ ފާޓީއެއް ބޭނުމެއް ނުވެއެވެ." މިއީ އޭނާގެ ކްލަބް ކެރިއަރުގައި ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.

އެންމެ ފަހުން ކުޅުނު ނުވަ މެޗުގައިވެސް ފާޓީއަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށްވެސް އޭނާ އަންނަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތިލަމުންނެވެ. މޮނާކޯއާއެކު ވެފައިވާ އެއްބަސްވުމުގައި އޭނާ ދާއިމީކޮށް ގަތުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު މޮނާކޯއިން އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަކަށް ނުބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ލައިޓް ބާދަގަނޑަށް ކިރާލުމަށްފަހު ބާސެލޯނާއަށް އަނބުރާ ފޮނުވާލަނީކުޅިވަރު | 3 ގަޑިއިރު ކުރިންވަރުގަދަ ވިލަރެއާލް ބަލިކޮށް ތާވަލުގައި ބާސެލޯނާ ދަމަހަށްޓަމުން އައި ލީޑުގައި ހިފަހަށްޓައިފިކުޅިވަރު | 2 ދުވަސް ކުރިން ބާސެލޯނާގެ ކުރީގެ ކޯޗުންގެ ބަޔާނާއެކު ރިޝްވަތުގެ މައްސަލައިގައި ބާސެލޯނާ ކުޅޭނެ ކުޅިހުސްވަނީކުޅިވަރު | 5 ދުވަސް ކުރިންތިންވަނަ ޑިވިޝަނުގެ ޓީމެއްއަތުން އުނދަގޫ މޮޅެއް ހޯދައި ބާސާ ކަޕުގެ ގަދަ 16 އަށްކުޅިވަރު | 7 ދުވަސް ކުރިން