logo
Bank of Maldives

Bank of Maldives

ޚަބަރު

ކަރަންޓު ކެނޑުނު ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި

ޢައްފާން މުޙައްމަދު
24 ޑިސެމްބަރު 2025 - 07:37
ކަރަންޓު ކެނޑުނު ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި

ކަރަންޓު ކެނޑުނުތާ، ދެ ގަޑިއިރަށް ވުރެ ގިނައިރު ފަހުން، ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް އަލުން ކަރަންޓު ދީފިއެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަން ސްޓެލްކޯއިން ހާމަކުރީ މިއަދު ހެނދުނު 09:30 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިމާވި މައްސަލަ ދެނަގަނެ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން އޭރު ބުނެފައިވާއިރު އޭގެ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން ސްޓެލްކޯއިން ބުނެފައި ވަނީ ޕްލެޓިނަމް ރެސިޑެންސްގެ ބައެއް ކަސްޓަމަރުން ފިޔަވާ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު 26ގައި ވެސް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރަންޓު ކެނޑުނު ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފިޚަބަރު | 2 ގަޑިއިރު ކުރިންސްޓެލްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ފޯމެއް!ޚަބަރު | 4 ދުވަސް ކުރިންފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ބާއްވަނީޚަބަރު | 8 ދުވަސް ކުރިންއަޒްމީލްގެ ހަނދާނުގައި ސްޓެލްކޯއިން ޙާއްސަ ސުކޫތެއްޚަބަރު | 13 ދުވަސް ކުރިން