logo
Bank of Maldives

Bank of Maldives

ޚަބަރު

އަޒްމީލްގެ ހަނދާނުގައި ސްޓެލްކޯއިން ޙާއްސަ ސުކޫތެއް

ޢައްފާން މުޙައްމަދު
11 ޑިސެމްބަރު 2025 - 07:10
އަޒްމީލްގެ ހަނދާނުގައި ސްޓެލްކޯއިން ޙާއްސަ ސުކޫތެއް

ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެން ފަރުވާދެމުންދަނިކޮށް ސްޓެލްކޯގެ ސްޕަވައިޒަރ އަޙްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ސްޓެލްކޯއިން ޙާއްސަ ސުކޫތެއް ގެނެސްފިއެވެ.

މި ސުކޫތު ގެނެސްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް، ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، ވަޒީފާގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދާއި، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން އަދި ވަޒީފާ ލިބުނު ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލެނިވެރިން ބައިވެރިވެވަޑައިގަތެވެ.

އުމުރުން 43 އަހަރުގެ އަޒްމީލް ނިޔާވީ، ހުޅުމާލޭގައި ހުންނަ، ސްޓެލްކޯގެ ބާ އިންޖީނުގޭގައި، މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު ކަރަންޓުގެ މައްސަލައެއް ހައްލުކުރަން އުޅުމުގެ ތެރޭގައި، ކަރަންޓު ޝޯޓުވެ، ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހިގެން ލިބުނު އަނިޔާތަކާ ގުޅިގެންނެވެ.

undefined

 

އެ އަނިޔާތަކަށް ފަރުވާ ހޯދުމަށް އަޒްމީލް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށްވެސް ގެންދިޔައެވެ. އަދި އެފަހުން މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭ، އިތުރު ފަރުވާއަށް އަޒްމީލް ވަނީ ތައިލެންޑުގެ ބެންކޮކަށް ގެންގޮސްފައެވެ.

އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުއެވެ.

އަޒްމީލް ވަނީ ސްޓެލްކޯއަށް 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ތައުޒިޔާ ދަންނަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޒްމީލްގެ ހަނދާނުގައި ސްޓެލްކޯއިން ޙާއްސަ ސުކޫތެއްޚަބަރު | ގަޑިއިރެއް ކުރިންނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ސްޓެލްކޯއިން ވަޒީފާގެ ދީފިޚަބަރު | 2 ގަޑިއިރު ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުމުން މުޅި ގައުމާއި އާއިލާތަކަށް އޭގެ ފައިދާ ލިބޭ: ފަސްޓްލޭޑީޚަބަރު | 2 ގަޑިއިރު ކުރިންކަރަންޓުގައި ޖެހި އަނިޔާވި ސްޓެލްކޯގެ ސުޕަވައިޒަރ ނިޔާވެއްޖެޚަބަރު | 4 ގަޑިއިރު ކުރިން