ދިގުރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް
10 މާރިޗު 2026 - 11:42

ދިގުރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ - ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ރަށަށް އަންނަމުންދާ އުމްރާނީ ތަރައްގީއާއެކު އދ. ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި މަޝްރޫއެއް ކުރިއަށްގެންދާ ކަމަށެވެ. މިގޮތުން ކުރިއަށްގެންދާ "ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ" މަސައްކަތުގެ ތެރެއިން، އަލަށް ޤާއިމުކުރާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރެވެމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

Ad by Hajj Corporation
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭ.ވީ.އޭ. ގެ އަޕްސްޓްރީމް ކެޕޭސިޓީ ޤާއިމްކުރުމާއެކު، ރަށުގެ ކަނޑައެޅިފައިވާ ސަރަހައްދެއްގައި އާ ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލައި، މި ވިއުގައަށް ގެނެވޭ ބަދަލާއެކު ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.


