logo
Bank of Maldives

Bank of Maldives

ޚަބަރު

ކަރަންޓު ކެނޑުނީ މަގު ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯ

އައިޝަތު ނަޝާ
25 އޭޕްރީލު 2026 - 12:29
ކަރަންޓު ކެނޑުނީ މަގު ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަކުން މިއަދު ކަރަންޓު ކެނޑުނީ މަގު ހަދަނިކޮށް ކޭބަލަކަށް ގެއްލުންވުމުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެންކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

އަދި ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓުގެ ހިދުމަތް ދެމުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.އަދި ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށްޓަކައި ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

HGvrMM3aEAAD0ej (1).jpg

 

ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސްޓެލްކޯއިން މިއަދު، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވެސް މަޝްވަރާކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ޑރ. ޢަލީ އަޒްވަރު އަންޔަންކޮށްފިޚަބަރު | 18 ދުވަސް ކުރިންއަބަދުވެސް ރެކޮމެންޑު ކުރަނީ އެނަރޖީ އެފިޝެންޓް އާލާތް ބޭނުންކުރަން: ސްޓެލްކޯޚަބަރު | 19 ދުވަސް ކުރިންކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެންގުމަށް ސްޓެލްކޯ އިން އެދިއްޖެޚަބަރު | 20 ދުވަސް ކުރިންކަރަންޓު ކެނޑުނީ މަގު ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯޚަބަރު | 21 ދުވަސް ކުރިން