logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުން ސްޓެލްކޯއާ ހަވާލުކޮށްފި

މަރިޔަމް މާޙީ
23 އޭޕްރީލު 2026 - 16:01
ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ
ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ

ރައްޔިތުންނަށް ފޯރުކޮށްދޭ ޔޫޓިލިޓީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ ތިން އަތޮޅެއްގެ ޔޫޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ މިއަދު ހަވާލުކޮށްފި އެވެ.

މި ބަދަލަކީ ބ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ޚިދުމަތެއް ސްޓެލްކޯއަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ގެނެވުނު ބަދަލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމެވުމުގެ ދަށުން، މީގެ ކުރިން ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުން އައި ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކަށް ޔޫޓިލިޓީ ޚިދުމަތް ދިނުމަށް ސްޓެލްކޯއިން ވަނީ މިއަދު އެއްބަސްވުމުގައި ސޮައި ކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، އެ ތިން އަތޮޅުގައި ހިމެނޭ 25 ރަށެއްގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ދިނުމާ ސްޓެލްކޯއިން ވަނީ ރަސްމީކޮށް ހަވާލުވެފަ އެވެ. ސަރުކާރުގެ މި ނިންމެވުމަކީ ޚިދުމަތްތައް ތަރައްޤީކުރުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވަ އެވެ.

މި އައު ބަދަލާއެކު، ސްޓެލްކޯގެ ޚިދުމަތް ދޭ ދާއިރާ ވަނީ ބޮޑުތަނުން ފުޅާވެފަ އެވެ. އެގޮތުން މިހާރު ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ ޖުމްލަ އަދަދު 61 އަށް ވަނީ އިތުރުވެފަ އެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެއްވެސް މެދުކެނޑުމެއްނެތި އިތުބާރު ހުރި ގޮތެއްގައި ޔޫޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުން ސްޓެލްކޯއާ ހަވާލުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 10 ދުވަސް ކުރިން ކަރަންޓު ކެނޑުނީ ފޭސް2 އަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ ކޭބަލަކަށް ގެއްލުންވުމުން!ޚަބަރު | 11 ދުވަސް ކުރިން ހިޔާ 2 އަދި 6 ފިޔަވައި އެހެން ހުރިހާ ޓަވަރުތަކަށް މިހާރު ކަރަންޓް ދިފި!ޚަބަރު | 11 ދުވަސް ކުރިން