ކަރަންޓު ކެނޑުނީ ފޭސް2 އަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ ކޭބަލަކަށް ގެއްލުންވުމުން!
12 އޭޕްރީލު 2026 - 16:02

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށް ޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ބެލެވޭ ގޮތުގައި މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަަމަށެވެ.

Ad by Hajj Corporation
އަދި މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައި ވާކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މި މައްސަލަ ޙައްލުކުރުމަށް ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ޚިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، އެ ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަދި މި ދަތި ވަގުތުގައިވެސް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށާއި ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

.gif&w=1920&q=75)
