logo
Bank of Maldives

Bank of Maldives

ޚަބަރު

އަބަދުވެސް ރެކޮމެންޑު ކުރަނީ އެނަރޖީ އެފިޝެންޓް އާލާތް ބޭނުންކުރަން: ސްޓެލްކޯ

މުޙައްމަދު އަފްރާޙް
27 އޭޕްރީލު 2026 - 13:32
ސްޓެލްކޯގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ އިސްމާއިލް ނިޝާރު، މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގަ
ސްޓެލްކޯގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ އިސްމާއިލް ނިޝާރު، މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގަ

ކަރަންޓު އިގުތިސާދު ކުރާއިރު، ކޮންމެ ގެއެއްގައި ވެސް އެންމެފަހުގެ އިކްއިޕްމެންޓްސް ބަހައްޓަން ބޭނުންވާނެ ކަމަށާއި ނަމަވެސް އެގޮތަށް ބޭނުންކުރެވެނީ އެންމެރަނގަޅު އެއްޗެހިތޯ ބެލުމަށް ސަމާލުކަން ދިނުމަށް ސްޓެލްކޯ އިން އެދިއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަދައްކަމުން ސްޓެލްކޯގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ އިސްމާއިލް ނިޝާރު ވިދާޅުވީ އެތަކެތި ބޭނުންކުރުމުން އިތުރު ހަރަދެއްދާނެތޯ އާއި ބޭނުންކުރެވެނީ އެންމެ ރަނގަޅަށްތޯ ވަރަށްބޮޑަށް ފޯކަސް ކުރަންޖެހޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ބޮޑަށް އަންގައިދެނީ ޔޫއާރްއެމް ސްޓޭންޑަޑާ އެއްގޮތަށް ހުންނަ އެއްޗެހި ބޭނުން ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންނަމަވެސް ބައެއް ކަސްޓަމަރުން އެހެން ޕްރޮޑަކްޓަކަށް ވެސް ދާން ބޭނުން ވެދާނެ ކަމަށާއި އިޝޫއަކީ ޕްރޮޑަކްޓެއް ނޫން ކަމަށް ނިޝާރު ވިދާޅުވިއެވެ. އަދި ފޯކަސްކޮށްފައި ބައިންދަނީ އެއީ ކުރިއަށް އޮތް ތަނުގައި ކަސްޓަމަރަށް ލުޔެއް ލިބޭނެ އެއްޗެއްތޯކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އޭސީ އަކީ އަބަދު ވެސް އެންމެގިނައިން މައްސަލަޖެހޭ އާލާތް ކަމަށާއި ކަރަންޓަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ގްރިޑުގައި ވެސް އެންމެބޮޑު ޕަސެންޓޭޖެއް ނަގަނީ ފިނިކުރާށާއި ހޫނުކުރުމަށް ބޭނުންކުރާ އާލާތްތަކުން ކަމަށް ނިޝާރު ވަނީ ފާހަގަކުރައްވާފައެވެ. ހާއްސަކޮށް އޭސީ ފާހަގަކުރައްވާ ނިޝާރު ވިދާޅުވީ އަބަދުވެސް ރެކޮމެންށު ކުރަނީ އެނަރޖީ އެފިޝެންޓް އެއްޗިއްސަށް ދާން ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ޑރ. ޢަލީ އަޒްވަރު އަންޔަންކޮށްފިޚަބަރު | 18 ދުވަސް ކުރިންއަބަދުވެސް ރެކޮމެންޑު ކުރަނީ އެނަރޖީ އެފިޝެންޓް އާލާތް ބޭނުންކުރަން: ސްޓެލްކޯޚަބަރު | 19 ދުވަސް ކުރިންކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެންގުމަށް ސްޓެލްކޯ އިން އެދިއްޖެޚަބަރު | 20 ދުވަސް ކުރިންކަރަންޓު ކެނޑުނީ މަގު ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯޚަބަރު | 21 ދުވަސް ކުރިން