logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

ޒިދާން މުޙައްމަދު
2 މާރިޗު 2026 - 12:14
ސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

 

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ - ސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމް ފުރިހަމަކޮށް ސްޓެލްކޯގެ 30 މުވައްޒަފުން މިއަދު ވަނީ ސެޓްފިކެޓް ޙާޞިލްކޮށްފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އާއި ސްޓެލްކޯ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރެވެ.

ފަޔަރ ވޯޑަން "ޓްރެއިން ދަ ޓްރޭނަރ" މި ޕްރޮގްރާމަކީ، މަސައްކަތުގެ މާޙައުލުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާ ގުޅިގެން ކުރިއަށްގެންގޮސްފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ، ކުއްލި ހާލަތްތަކުގައި ފަޔަރ ވޯޑަނުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހެން މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ޢިލްމާއި، ޢަމަލީ ހުނަރާއި، އުނގަންނައިދިނުމުގެ ފަންނީ ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ސްޓެލްކޯގައި ތަމްރީނު ދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާފައިވާ ޕްރޮގްރާމެކެވެ.

WhatsApp Image 2026-03-02 at 17.13.54 (1).jpeg

 

މި ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ތަޖުރިބާކާރުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ވިދާޅުވީ:

"މި މަސައްކަތަކީ އަޅުގަނޑުމެން 2024 ވަނަ އަހަރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއެއްކޮށް ވެވުނު އެމްއޯޔޫއެއްގެ ދަށުން ކުރަމުން އައި ޙަރަކާތްތަކުގެ ތެރެއިން އެއްބައި....އޭގެތެރޭ ހިމެނޭ އެއްކަންތައް އެމަރޖެންސީ ރެސްޕޮންސް ޕްލޭނެއް ތައްޔާރުކުރުމުގެ ކަންތައް. އޭގަ ހިމެނޭ އެއް ކަމަކީ އިވެކުއޭޝަން ޕްލޭނެއްގެ މަސައްކަތް. އެކަމަށްޓަކާ އަޅުގަނޑުމެން ތައްޔާރުކުރަންޖެހޭ ފަޔަރ ވޯޑަނުން ތައްޔާރުކުރުން މި އެކްސަސައިޒްގަ މި ގެންދެވުނީ. އެކަމަށް އިތުރު ބޭފުޅުން ތައްޔާރުކުރުމުގެ ގޮތުން ފުރަތަމަ ޓްރެއިން ދަ ޓްރެއިނަރސް މި ހިންގުނީ. ކުންފުނީގެ ލެވެލްގަ މި ބޭފުޅުންގެ ބޭނުން ހިފައިގެން އަދި އިތުރު މުވައްޒަފުންނަށް އެ ބޭފުޅުނުންނަށް އެ ލިބިލެއްވި ތަމްރީނުގެ އަލީގަ މި ޙަރަކާތް އިތުރަށް އަދި ކުރިއަށްއޮތް ތާނގަ އެބޭފުޅުން ކުރިއަށް ގެންގޮސްދެއްވާނެ" ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ:

"ކުންފުންޏެއް ނުވަތަ މުއްސަސާއެއް ނުވަތަ އޮފީހެއް، ވިލުންތެރި އޮފީހަކަށް ނުވަތަ ކުންފުންޏަކަށް ވަނީ ބޮޑެތި ކަންތައްތައް ދިމާވާ ވަގުތުގަ އެ ކުންފުނިތަކުން ނުވަތަ އޮފީސްތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި އެ ޙާލަތުގަވެސް ފޯރުކޮށްދެމުން ގެންދާގެންދިއުމަށް ބުރުލެއްނާރާ އަސްލުގަ ކުރިއަށް ދިއުން." ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 3 ދުވަސް ކުރިން ކަރަންޓު ކެނޑުނީ ފޭސް2 އަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ ކޭބަލަކަށް ގެއްލުންވުމުން!ޚަބަރު | 3 ދުވަސް ކުރިން ހިޔާ 2 އަދި 6 ފިޔަވައި އެހެން ހުރިހާ ޓަވަރުތަކަށް މިހާރު ކަރަންޓް ދިފި!ޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، ޓެކްނިކަލް ޓީމުންހަރަކާތްތެރިވަނީ ވިޔަފާރި | 4 ދުވަސް ކުރިން