logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފި

މުޙައްމަދު އަފްރާޙް
5 މާރިޗު 2026 - 09:24
ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފި

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފިއެވެ.

މިއީ ޒަމާނީ ފަސޭހަތަކާއެކު، ސްޓެލްކޯގެ ކަރަންޓާއި ގުޅުންހުރި ހުރިހާ ހިދުމަތަކަށް އެދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕޯޓަލްއެކެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއާއެކު ޚިދުމަތްތައް ވަށާޖެހި، ފަސޭހަކަމާއެކު އެއްތަނަކުން ލިބެންހުންނަ މި ޕޯޓަލްގައި އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެއެވެ. އަދި ޔޫ.އާރް.އޭ ގެ އިލެކްޓްރިކަލް އިންޖިނިއަރިންގ ލައިސަންސް އޮންނަ ފަރާތްތަކަށް، އެ ފަރާތެއްގެ ނަމުގައި ހުށަހެޅޭ ޚިދުމަތްތަކުގެ ފޯމުތައް ބަލައިގަނެ، އެޕްރޫވް ކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، ޕޯޓަލް މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތާއި، ކުރިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލުގެ އިތުރުން، ހިދުމަތްތަކުގެ މަރުހަލާތައް ކުރިއަށްދާގޮތުގެ އަދާހަމަ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބެމުންދާނެއެވެ.

ވަށަނި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން އާންމު ރައްޔިތުންނާއި ގުޅުންހުރި ވަރަށް މުހިއްމު މަސައްކަތެއް ނިމި އިފްތިތާހު ކުރެވޭ ދުވަސް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވާ މޯލްޑިވްސް 2.0 އަދި ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި، ކުންފުނީގެ ހިދުމަތްތަކާއި ގުޅޭގޮތުން ގެނެވޭ ވަރަށް މުހިއްމު ހަރަކާތެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަޒުވަރު ވިދާޅުވީ، މި ހިދުމަތަކީ އާންމުން ބަލައިގަންނާނެ އަދި ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަކަމާއެކު، ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ. އަދި މި އިންޑަސްޓްރީގައި އޮންލައިންކޮށް މި ހިދުމަތް ދިނުމުގައި އެހެން ހަރުފަތަކަށް ގެންގޮސްދޭ މަސައްކަތަކަށް މިކަން ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯގެ ހިދުމަތްތަކަކީ 24 ގަޑި އިރު ދޭ ހިދުމަތަކަށް ވުމުން އެ ފަސޭހަ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 8 ދުވަސް ކުރިން ކަރަންޓު ކެނޑުނީ ފޭސް2 އަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ ކޭބަލަކަށް ގެއްލުންވުމުން!ޚަބަރު | 9 ދުވަސް ކުރިން ހިޔާ 2 އަދި 6 ފިޔަވައި އެހެން ހުރިހާ ޓަވަރުތަކަށް މިހާރު ކަރަންޓް ދިފި!ޚަބަރު | 9 ދުވަސް ކުރިންހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، ޓެކްނިކަލް ޓީމުންހަރަކާތްތެރިވަނީ ވިޔަފާރި | 9 ދުވަސް ކުރިން