logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ފަސް ބިދޭސީއަކު ހިފަހައްޓައިފި

ޢައްފާން މުޙައްމަދު
25 ޑިސެމްބަރު 2025 - 07:12
ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ފަސް ބިދޭސީއަކު ހިފަހައްޓައިފި

ރާއްޖޭގައި ގަވައިދާ ޚިލާފަށް ދިރިއުޅެ، ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަނެ، ހުއްޓުވައި، ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގެ ދަށުން އެފަދަ ފަސް ބިދޭސީއަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ 14 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

G8_b53rbIAAX2j4.jpg

 

މީގެއިތުރުން، ލައިސަންސް ނުނަގައި ރާއްޖޭގައި ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށް ކޯޓުން އެ މީހުންގެ ބަންދަށް 15 ދުވަސް ވެސް ވަނީ ޖަހައިދީފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށް އިއްޔެ ބަންދުގެ މުއްދަތު އިތުރުކުރި ދެ މީހުންނަކީ 31 އަހަރުގެ އަފްޖަލް ހޮސައިން އާއި 34 އަހަރުގެ ހަބީބުރު ރަހްމާނެވެ.

މި ދެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުގައި މި މީހުންގެ ވިޔަފާރިއާ ބެހޭ ގޮތުން ފުލުހުންގެ ތަފްސީލީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވެ އެވެ. އަދި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށާއި މިކަމުގައި ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށް ބޭނުންކޮށްފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވެސް މިދިޔަ މަހު ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހޯދައި އެކަންކަން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ފަށައި، އެފަދަ ވިޔަފާރިތަކުގެ މައުލޫމާތު އެ މިނިސްޓްރީއާ ހިއްސާކޮށްދިނުމަށް އެދިފަ އެވެ. އެ މަސައްކަތް ފެށި ހަފްތާގައި ވެސް 11 ވިޔަފާރިއެއް ބަންދުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ފަސް ބިދޭސީއަކު ހިފަހައްޓައިފިޚަބަރު | 2 ގަޑިއިރު ކުރިން3 ހަފްތާ ނުވަނީސް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް ހުއްޓުވައިފި ޚަބަރު | 4 ދުވަސް ކުރިންމިހާތަނަށް 83 މަސާޖުޕާލާ ބަންދުކޮށްފިޚަބަރު | 4 ދުވަސް ކުރިންމާލޭގައި ހިންގަމުންދިޔަ 17 ސެލޫނެއް ބަލައި ފާސްކޮށްފި ޚަބަރު | 4 ދުވަސް ކުރިން