logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯބީގެ ސްކޭމްތަކެއް!؟

ޒިދާން މުޙައްމަދު
26 ޑިސެމްބަރު 2025 - 12:07
ލޯބީގެ ސްކޭމްތަކެއް!؟

ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުންދާ ސްކޭމް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މިފަދަ މައްސަލަތައް މިހާރަކަށް އައިސް ފުލުހުންނަށް ހުށަހެޅެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކު ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި ހިންގާ ކުށުގެ ބާވަތެކެވެ.

މި މަކަރާއި ހީލަތް އާންމުގޮތެއްގައި ފެށެނީ އޮންލައިންކޮށް އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދެކެވޭ ގޮތަށް ފަރުމާކޮށްފައިވާ އެކި މަންސަތައް ބޭނުންކޮށްގެންނެވެ. އެގޮތުން ޑޭޓިންގ ޕްލެޓްފޯމްތަކާއި މީސް މީޑިއާގެ އެކި މަންސަތަކާއި އެހެނިހެން ވެބްސައިޓްތައް މެދުވެރިކޮށެވެ. ދުރު ގައުމުތަކުން ގިނަފަހަރަށް ހަރަކާތްތެރިވާ މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހިނގާ 2025 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން, 16 ސްކޭމް ކުރިކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވައި، އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ، މިދިޔަ ދިހަ މަހުގެ ތެރޭގައި، 1،663 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން 16 ސްކޭމެއް ހިންގި ކަމަށް ފާހަގަކުރެއްވިއެވެ. އެ މައްސަލަތަކުގައި 22.7 މިލިއަން ރުފިޔާ ގެއްލުނު އިރު، ހޯދިފައި ވަނީ، 8.5 މިލިއަން ރުފިޔާއެވެ. އެއީ، ގެއްލުނު ފައިސާގެ ނިސްބަތުން ބަލާނަމަ، 37 ޕަސެންޓެވެ.

ލޯބީގެ/ ރޮމޭންސް ސްކޭމްތައް ހުއްޓުވާނީ ކިހިނެއް؟
 

މާއަވަހަށް ގުޅުމަކަށް އަވަސްވެގަނެ ނުވަތަ ރަނގަޅަށް މީހާ ނޭނގެނީސް، ގަބޫލު ނުކުރެވޭ ފަދަ އިހުސާސްތައް ފާޅުކުރާ ފަރާތްތަކާމެދު ސަމާލުވާށެވެ. އޮންލައިންކޮށް ބައްދަލުވި މީހަކަށް ފައިސާ ނުވަތަ މާލީ މައުލޫމާތު ނުފޮނުވާށެވެ.

އެމީހެއްގެ ޕްރޮފައިލް ފޮޓޯތަކުގައި ރިވާސް އިމޭޖް ސާޗުކޮށްގެން އެމީހާގެ އައިޑެންޓިޓީ ކަށަވަރުކުރާށެވެ. ރަހުމަތްތެރިންނާއި އާއިލާއާ ގުޅުން ބަދަހިކޮށް، އޮންލައިންކޮށް ކުރެވޭ މުއާމަލާތުތައް ތަފުސީލުތައް ހިއްސާކޮށް އެމީހެއްގެ ނަޒަރު ހޯދާށެވެ. އަދި ޝައްކުކުރެވޭ އެކައުންޓުތަކާއި ހަރަކާތްތައް ޕްލެޓްފޯމް އެޑްމިނިސްޓްރޭޓަރުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރާށެވެ.

ހަނދާނުގައި ބަހައްޓަންވީކަމަކީ، ލޯބީގެ ގުޅުންތައް ބިނާވާން ޖެހޭނީ މާލީ މުއާމަލާތުތަކާއި މަކަރާއި ހީލަތްހެދުމުގެ ޓެކްޓިކްސްގެ މައްޗަށް ނޫންކަމާއި އިތުބާރާއި އެކަކު އަނެކަކުގެ މައްޗަށް އިހުތިރާމުކުރުމުގެ މައްޗަށް ކަމަށެވެ.

ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވެދާނެ ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވެ، ސަމާލުވެތިބުން އެއީ ފަރުދީ ޒިންމާއަކަށް ހަދަމާތޯއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯބީގެ ސްކޭމްތަކެއް!؟ޚަބަރު | 2 ގަޑިއިރު ކުރިންފުލުހަކަށް ހަމަލާދިނުމުގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 8.5 މިލިއަން ރުފިޔާ ހޯދައިފި ޚަބަރު | ދުވަހެއް ކުރިންމަޤާމުތައް އަދާކުރާ ރިޓަޔާޑް ފުލުހުންނަށް ޢިނާޔަތް ދިނުން ހުއްޓާލައިފިޚަބަރު | ދުވަހެއް ކުރިން