ރިސޯޓެއްގައި އަންހެނަކު ބަލިވެއިނދެ ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ބަލަނީ
27 ޑިސެމްބަރު 2025 - 01:48

ރިސޯޓެއްގައި މަސައްކަތް ކުރާ އަންހެނަކު ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

Ad by Hajj Corporation
ފުލުހުން މި މައްސަލައިގެ ތަހުގީގު ރަސްމީކޮށް ފަށާފައިވާކަން ހާމަކުރީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، 27 އަހަރުގެ އަންހެނަކު ބަލިވެ އިނދެ، ކުއްޖާ މަރުވެފައިވާ ކަމަށް ނުވަތަ ބައިގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 26 ޑިސެމްބަރު 2025 ވަނަ ދުވަހުގެ ހެނދުނު 10:06 ހާއިރުއެވެ.
މި ހާދިސާ ހިނގާފައިވަނީ ސިނަމަން ވިލުފުށި ރިސޯޓުގައިކަމަށް މައުލޫމާތު ލިބިފަވެއެވެ.
ފުލުހުން ދަނީ އެކަންކަން ބަލައި ތަހުގީގު ކުރަމުންކަމަށް ބުނެފައިވީނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.


