logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފެނާންޑޭޒް ނުލައި 2 އަހަރުފަހުން ފުރަތަމަ ފަހަރަށް ޔުނައިޓެޑް ލީގުމެޗަކުން މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
27 ޑިސެމްބަރު 2025 - 04:59
ފެނާންޑޭޒް ނުލައި 2 އަހަރުފަހުން ފުރަތަމަ ފަހަރަށް ޔުނައިޓެޑް ލީގުމެޗަކުން މޮޅުވެއްޖެ

ޕެޓްރިކް ޑޯގޫ މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު، އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 1-0 ގެ ހަނި ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރިހޯދައިފިއެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑް މޮޅުވީ އަނިޔާގެ ސަބަބުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ނުލައި ކުޅެގެންނެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 24 ވަނަ މިނެޓުގައެވެ. ނިއުކާސަލްގެ ނިކް ވޮލްޓެމޭޑް ބޮލުން ބޭރުކޮށްލި ބޯޅައެއް ކޮންޓްރޯލް ކުރުމަށްފަހު، ވިންގް-ބެކް ޑޯގޫ ވަނީ ފޮނުވާލި ހިތްގައިމު ވޮލީއަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މި ލަނޑާއެކު ރޫބެން އަމޮރިމްގެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާުގގައި ޔުނައިޓެޑުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، ދެވަނަ ހާފު މުޅިންހެން ކޮންޓްރޯލްކޮށްގެން ކުޅުނީ ނިއުކާސަލލްއިންނެވެ.

ރޭގެ މެޗަށް ފެނާންޑޭޒްގެ އިތުރުން ޔުނައިޓެޑްގެ ފުރަތަމަ 11 ގެ ކުޅުންތެރިންކަމަށްވާ އެމްބޫމޯ އާއި އަމަދު ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ގސްފައެވެ.

މިއީ މާރިޗު 2022 ގެ ފަހުން ބްރޫނޯ ފެނާންޑޭޒް ނުލައި ކުޅެ ޕްރިމިއާ ލީގުގައި ޔުނައިޓެޑް މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން ފެނާންޑޭޒް ނުލައި ކުޅުނު ފަސް މެޗުންވެސް ޔުނައިޓެޑް ވަނީ ބަލިވެފައެވެ. އަދި މިއީ އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ހަތަރު ޑިފެންޑަރުން ބޭނުންކޮށްގެން ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނާންޑޭޒް ނުލައި 2 އަހަރުފަހުން ފުރަތަމަ ފަހަރަށް ޔުނައިޓެޑް ލީގުމެޗަކުން މޮޅުވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންބްރޫނޯ ފެނާންޑޭޒް އަށް އަނިޔާވެ އެއްމަސްދުވަހަށް ކުޅުމާ ދުރަށްކުޅިވަރު | 5 ދުވަސް ކުރިންވިލާ އަތުން ބަލިވެ ތާވަލުގައި ލިވަޕޫލަށްވުރެ ދަށަށް ޔުނައިޓެޑް ވެއްޓިއްޖެކުޅިވަރު | 5 ދުވަސް ކުރިންގޯލުފުންޏެއް ފެނިގެންދިޔަ ވާދަވެރި ޔުނައިޓެޑާއި ބޯންމައުތު ވާދަކުރިމެޗު ހަމަހަމަކުޅިވަރު | 11 ދުވަސް ކުރިން