logo
Bank of Maldives

Bank of Maldives

ޚަބަރު

އިޒާމް އަދިވެސް ނުފެނޭ، އޭނާ ހޯދަން ފުލުހުން 9 ފަހަރު އިއުލާނުކުރި

ޢައްފާން މުޙައްމަދު
27 ޑިސެމްބަރު 2025 - 08:50
އިޒާމް އަދިވެސް ނުފެނޭ، އޭނާ ހޯދަން ފުލުހުން 9 ފަހަރު އިއުލާނުކުރި

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް މިހާތަނަށް ފެނިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ހޯދަމުން ދަނީ ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިޒާމް ޒާހިރު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޒާމް ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާނުކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކޯޓުގެ އަޑުއެހުމަށް ހާޒިރުވަމުން ނުދާތީ އެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ގދ. ވާދޫ، ސަބާހާ މަންޒިލަށް ނިސްބަތްވާ އިޒާމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

މިގޮތުން، އޭނާ ކޯޓަށް ހާޒިރުކުރުމަށްޓަކައި، ނުވަ ފަހަރެއްގެ މަތިން އިއުލާނުކުރި ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އަދިވެސް އޭނާ ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް، އޭނާ ކޯޓަށް ހާޒިރު ކުރުމަށް ހޯދާ، ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ބައެއް މަސްދަރުތަކުން ރިޕޯޓުކުރާ ގޮތުގައި އޭނާ ހޯދަމުން ދަނީ ރޭޕްގެ މައްސަލައެއްގައި ކުރެވޭ ތުހުމަތަކާ ގުޅިގެންނެވެ.

މީހުން ކޯޓަށް ހާޒިރުކުރުމަށް ދޭތެރެއަކުން ފުލުހުން އިއުލާނު ކުރެއެވެ. އެ ގޮތަށް ކުރާ މަސައްކަތް ފުލުހުންނަށް ކާމިޔާބު ނުވެއްޖެނަމަ، އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން އެދިފައި އެބަ ހުއްޓެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޕަރޭޝަން ރިވެލި: ބަނގުރާ ކައްކައި, ވިއްކަމުންދިޔަ ތަނަކުން ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއިޒާމް އަދިވެސް ނުފެނޭ، އޭނާ ހޯދަން ފުލުހުން 9 ފަހަރު އިއުލާނުކުރިޚަބަރު | ގަޑިއިރެއް ކުރިންޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް، މީހަކު ހައްޔަރުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންކޯޓަށް ހާޒިރުކުރުމަށް މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ޚަބަރު | 8 ގަޑިއިރު ކުރިން