logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު: އީސީގެ ވޯކް-އިން އިންޓަވިއުތަކެއް މިއަދު ކުރިއަށްދާނެ

އިސްމާޢިލް ރާތިޢު
27 ޑިސެމްބަރު 2025 - 10:24
ލޯކަލް ކައުންސިލް އިންތިޚާބު: އީސީގެ ވޯކް-އިން އިންޓަވިއުތަކެއް މިއަދު ކުރިއަށްދާނެ

އަންނަ އަަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވޯކް-އިން އިންޓަވިއުތަކެއް މިއަދު ކުރިއަށް ގެންދާނެއެވެ.

މި އިންޓަވިއުތައް ކުރިއަށްދާނީ މިއަދު ހަވީރު 4:00ން ރޭގަނޑު 10:00 އަށް ކަލާފާނު ސްކޫލުގައި ކަމަށް އީސީން ބުނެއެވެ. އެ ކޮމިޝަނުން ވަނީ އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައިވެސް އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ.

އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާ ހިމެނެއެވެ. މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވޯކް-އިން އިންޓަރވިއުއަށް ހާޒިރުވާއިރު އައިޑީ ކާޑާއި، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް އެ ކޮމިޝަނުން އެދެއެވެ.

ވޯކް-އިން އިންޓަރވިއުގައި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ވަޒީފާއަށް އެދޭ ފޯމް ފުރުމާއި، ރަޖިސްޓްރީ ކޮށްދިނުމާއި، އެޕްލިކޭޝަން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކޮށް، ވަޒީފާއަށް އެދޭ މަޤާމަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް އަމަލީ ޓެސްޓު ދިނުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާނެ ކަމަށް އީސީން ބުނެއެވެ.

މީގެ އިތުރުން، ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށްވުމަށް ބޭނުންވާ ފަރާތްތަކަށް މައީ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރާނެގޮތުގެ މަޢުލޫމާތު ދިނުންވެސް މި ވޯކް-އިން އިންޓަރވިއު ތެރޭގައި ކުރިއަށްދާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިއަހަރުގެ އޮގަސްޓު މަހުވެސް ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންދިޔައެވެ. އެ އިންޓަރވިއުތަކުގައި 250 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް ކައުންސިލް އިންތިޚާބު: އީސީގެ ވޯކް-އިން އިންޓަވިއުތަކެއް މިއަދު ކުރިއަށްދާނެ ޚަބަރު | 3 ގަޑިއިރު ކުރިންކައުންސިލް އިންތިޚާބައް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ޚަބަރު | 7 ދުވަސް ކުރިންކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއު.ޑީ.ސީ. އިންތިޚާބުގައި ޕީއެންސީގެ ސްޕޯކްސްޕަރސަނަކަށް ފިރުޒުލްޚަބަރު | 10 ދުވަސް ކުރިންކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގެ ދާއިރާތައް ކަނޑައެޅުމާ ބެހޭ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 18 ދުވަސް ކުރިން