logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންގޮސްފި

ޒިދާން މުޙައްމަދު
27 ޑިސެމްބަރު 2025 - 13:23
ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންގޮސްފި

މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީގެ ވޯޓުލުން ބާއްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ، މި މަހުގެ 1ވަނަ ދުވަހުއެވެ.

މިއަދު ކުރިއަށް ގެންދިޔަ ޕްރައިމަރީގައި 298 ކެންޑިޑޭޓުން ވާދަކުރިއެވެ. އިންތިޚާބުގައި ވޯޓުލުން ކުރިއަށްދިޔައީ 42 އިންތިޚާބީ ދާއިރާއެއްގެ 84 މަޤާމަކަށެވެ.

ޕީއެންސީން ބުނީ، އެ ޕާޓީގެ ޓިކެޓުގައި އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ހޮވިފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ބުންޏެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށް ކުރިއަށް ގެންދިޔައެވެ. މާލެ ސަރަހައްދުން ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔައީ، އިސްކަންދަރު ސުކޫލުގައެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި ވޯޓުލުމަށް ޚާއްސަކޮށްފައިވާ މަރުކަޒުތަކުގައި ކުރިއަށްދިޔައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންގޮސްފިޚަބަރު | 2 ގަޑިއިރު ކުރިން