logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ލަމްޢާން އައްޔަނުކޮށްފި

ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ލަމްޢާން އައްޔަނުކޮށްފި


ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ލަމްޢާން އައްޔަނުކޮށްފިއެވެ.

އެ މަޤާމަށް ލަމްޢާން އައްޔަނުކުރުމާ ގުޅިގެން، އޭނާއަށް ޕީއެންސީއިން ވަނީ ތަހުނިޔާއާއި މަރުޙަބާ ދަންނަވާފައިވެއެވެ.

ލަމްޢާނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން ލަމްޢާން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމު ފުރުއްވިއެވެ.

އޭނާއަކީ ކޯޕަރޭޓް ގަވާނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑާޝިޕްގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުންޏެވެ.

ލަމްޢާން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، މެނޭޖްމަންޓާއި ލީޑާޝިޕްގެ ދާއިރާއިން ގިނަ އަދަދެއްގެ ފަންނީ ތަމުރީނު ޕްރޮގްރާމުތައް ފުރިހަމަކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ލަމްޢާން އައްޔަނުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންގޮސްފިޚަބަރު | 4 މަސް ކުރިން