logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ އައު ޓާމިނަލުން ހައިސްކައި އަށް ޚިދުމަތްދޭން ފަށައިފި

ޒިދާން މުޙައްމަދު
27 ޑިސެމްބަރު 2025 - 16:40
ވީއައިއޭގެ އައު ޓާމިނަލުން ހައިސްކައި އަށް ޚިދުމަތްދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލުން ހައިސްކައި އެއާލައިނއަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ ޓަރމިނަލް 1އިން ހައިސްކައި އެއަރލައިނަށް ޚިދުމަތް ދޭން ފެށުމަށް ޓަރމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.

މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރުއާއި، ހައިސްކައިގެ އޮފިޝަލުންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ޓަރމިނަލް 1އިން ހައިސްކައިއަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން ޓަރމިނަލަށް ކައިރިކުރި ހައިސްކައިގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 222 ފަސިންޖަރުންނަށް ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

ހައިސްކައިއާއެކު ޓަރމިނަލް 1 އިން މިހާރު 38 އެއަރލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ. އެމްއޭސީއެލުން ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީއައިއޭގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' އެއް ވިޔަފާރި | 11 ދުވަސް ކުރިންހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 2 މަސް ކުރިންގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު އެމްއޭސީއެލްއިން ނިންމާލައިފިޚަބަރު | 2 މަސް ކުރިންވީއައިއޭގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނެސްފި!ޚަބަރު | 2 މަސް ކުރިން