logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނެސްފި!

އައިޝަތު ނަޝާ
22 އޭޕްރީލު 2026 - 09:23
ވީއައިއޭގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނެސްފި!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި، ވީއައިއޭގައި ޓާމިނަލް ދޭއްގެ ކަފިހިހުރަހުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދަންވަރު 00:00 އިން ފަތިހު 5:00 އާ ހަމައަށް އެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައި ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޓެކްސީ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ ޓާމިނަކް އެކެއްގެ ޑިޕާޗާ ގޭޓް އެކެއް އަދި ގޭޓް ދޭކަށް ކަމަށާއި އެ ވަގުތުތަކުގައި ޓާމިނަލް ދޭއްގެ ޓެކްސީ ސްޓޮޕް ބަންދުވާނެ ކަމަށް ވެސް އެމްެއޭސީއެލްއިން ބުނެފައިވެއެވެ.

އަދި އެމްޓީސީސީ ބަސްތައް ފަސިންޖަރުން ބޭލުމާއި ނެގުމަށް މަޑުކުރާނީ ހަމައެކަނި އެއާޕޯޓްގެ ހުޅަނގު ފަރާތުން ސައިކަލް ޕާކިން ބަސް ހުއްޓިއަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައިވެއެވެ.

އެމްއޭސީއެލް އިންޓާނަލް ބަސް ރޫޓް އެކެއްގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓަށް ކަމަށާއި،އަދި ވޯޓާ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް ފަށާނީ ޓާމިނަލް ދޭއްގެ ކުރިމަތީ ބުރު ކައިރިން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ބަދަލާއެކު އެއާޕޯޓްގެ އެއްވެސް ބަސް ޝެޑިއުލްއަކަށް ބަދަލެއް ނާންނާނެ ކަމަށާއި ބަސް ރޫޓް ބަދަލުވާނީ ހަމައެކަނި ދަންވަރު 00:00 އިން ފަތިހު 5:00 އަށް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެލާނާ އެއަޕޯޓާއި، މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ އެއާ ކާގޯ ކުރަން ފަށައިފިޚަބަރު | 7 ދުވަސް ކުރިންބޭންކުގެ ހިދުމަތާ އެކު، ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވީއައިއޭގައި ހަދައިފިޚަބަރު | 7 ދުވަސް ކުރިންދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފިޚަބަރު | 10 ދުވަސް ކުރިން